ބިރުވެތިވަމާ! ތިބާއަކީ ﷲ އަށާ ރަސޫލާ ޞޢވ އަށް ހިތުގަ ލޯތްބެއް ނެތް މީހަކަށް ވެވިއްޖެނަމަ ދެން ވާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބިރުވެތިވަމާ! ތިބާއަކީ ﷲ އަށާ ރަސޫލާ ޞޢވ އަށް ހިތުގަ ލޯތްބެއް ނެތް މީހަކަށް ވެވިއްޖެނަމަ ދެން ވާނީ ކިހިނެއް؟

މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި ހުންނަ ޕޯސްޓްތަކަށާއި ޓްވީޓްތަކަށް ލައިކް ދިނުމުގައި އެބަސް ބުނެފައިވަނީ ކާކުތޯ ބަލައިވެސް ނުލައި އެބަ ލައިކްދެއެވެ. ޝެއާވެސް އެބަ ކުރެއެވެ. އެގޮތުން ﷲ ތަޢާލާއަށާއި އެކަލާނގެ ރަސޫލާ މުޙައްމަދު އަށާއި އިސްލާމް ދީނަށް ނުބައިބަސްތައް ބުނެ ނަފްރަތުކުރާ މީހުންގެ ޕޯސްޓްތަކަށްވެސް އެބަ ލައިކްދީ ޝެއާވެސް ކުރެއެވެ.

އެއިރުން އެމީހަކު ހިމެނިގެން އެދަނީ އޭނާއަށް ރުހޭ މީހަކަށެވެ. އެއީ ވަރަށް ދެރަކަމެކެވެ. މިބަޔާންކުރިފަދަ ނުބައި ޢަމަލުތައް ކުރާ މީހުން އެހެން މީހުންގެ ތާއީދު އިތުރުކުރުމަށްޓަކައި ޢިބްރަތްތެރި ބަސްތައްވެސް ބުނެ ހާމަކުރެއެވެ. އެއީ އެމީހުންގެ ޙަޤީޤަތް އޮޅުވައިލުމަށްޓަކައި ކުރާ ކަންކަމެވެ. އަހަރެމެން މުސްލިމުންނަށް އޮތީ އެފަދަ މީހުން ބުނާ ބަސްތަކާއި ދުރުހެލިވެގެން ތިބުމެވެ. 

"ﷲ އާ ރަސޫލް  އަށް ފުރައްސާރަކޮށް މަލާމާތްކުރުމުން އަދަބު ނުދޭނީ ހިތުގަ ﷲ އަށް ބިރުވެތިކަމެއް ނެތުމުންނެވެ. އެކަމަށް ރުހި ތާއީދުކުރާނީ ﷲ އަށާ ރަސޫލް  އަށް އަދި އިސްލާމް ދީނަށް އެއްވެސް ލޯތްބެއް ނެތުމުންނެވެ." 

މިއީ ކަން އޮތް ގޮތެވެ. އަދަބު ދިނުމަކީ ވެރިކަމުން ކުރަންޖެހޭނެ ކަމެކެވެ. ވެރިކަމުން ކުރަންޖެހޭ ކަމެއް ނުކުރާނަމަ ފާފަވެރިވާނީ ވެރިންނެވެ. ރައްޔިތުންނެއް ނޫނެވެ. ރައްޔިތުންނަށް އޮތީ އެފަދަ ވެރިންނަށްވެސް ތާއީދުނުކޮށް ހިމޭނުން ތިބުމެވެ. ﷲ ތަޢާލާގެ ދީނަށް އެމީހަކަށް ދެވުނު ވަރަކުން ނަޞްރުދޭން މަސައްކަތްކުރުމެވެ. 

ބިރުވެތިވާންވީ ތިމާއަކީ ﷲ ތަޢާލާއަށާ ރަސޫލާ () އަށް ހިތުގަ ލޯތްބެއް ނެތް މީހަކަށް ވެވިއްޖެނަމަ ދެން ވާނެ ގޮތަކާއިމެދުގައެވެ. އެކަން ހިމެނިގެންވަނީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ތެރެއިންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން