ރަންކިޔަސް ދެމަފިންކަމުގައި ވެވެންދެން އިމުގެ ތެރޭގަ ތިބޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރަންކިޔަސް ދެމަފިންކަމުގައި ވެވެންދެން އިމުގެ ތެރޭގަ ތިބޭށެވެ!

މިހާރަކަށް އައިސް ކައިވެނިކުރުމުން ހުއްދަވާ ކަންކަން ކައިވެނި ނުކޮށްވެސް ހުއްދަކުރާ ފަދައިން ބައެއް ފަހަރު ރަންކިޔާ ހިސާބުން ކަންކަން ހުއްދަކުރުމުގައި ހައްދަފަހަނައަޅައި އެބަދެއެވެ. އެހެނަސް މިއީ ހެދޭ ވަރަށް ބޮޑެތި ގޯސްތަކެކެވެ.

މިފަދަ ކަންކަން މިހައި ބޮޑަށް އިތުރުވަމުން މިދަނީ ބުނެދިނުމުގައިވެސް މައްސަލަތަކެއް ހުރުމުންނެވެ. ދަރިންނަށް ކަންކަން އަނގައިދޭންޖެހޭނެ މިންވަރަށް އަންގައި ނުދެވޭތީއެވެ. ވީމާ އެކަންކަން އެގޮތަށް ހިނގުމުގައި މައިންބަފައިންގެ އިހުމާލު ވަރަށް ބޮޑެވެ. 

އެހެންކަންކަން ދީނުގައި އޮތްމަގު ބަޔާންކޮށްލާނަމެވެ. 

"ދެމަފިރިންކަމުގައި ވާނީ ކައިވެނީގެ ޢަޤުދުކުރެވޭ ހިސާބުންނެވެ. އަޤުދުގެ ކުރިން ރަންކިޔަސް ޢަޤުދު ނުކުރާނަމަ އެއީ ދެމަފިރިންކަމުގައި ނުވާނެއެވެ. ވީމާ ކައިވެނި ޢަޤުދު ނުކުރާނަމަ ރަންކިޔަސް އެދެމީހުންނަށް އެކަހެރިކޮށް ގައިގޯޅިވެ އަތާއަތްޖޯޑުކޮށް ސަލާމްކޮށް ވެސް ނޫޅެވޭނެއެވެ. والله أعلم" 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިބަޔާންކުރި ބަސްފުޅުގައި އެވަނީ ރަންކިޔުމަށްފަހުގެ ވާހަކައެވެ. އެހެންކަމަށްވާއިރު ލޯބިވާ ހިސާބުން ހުރިހާ ކަމެއް ހުއްދަކޮށްގެން އުޅެން ހެޔޮވެދާނެހެއްޔެވެ؟ ޒަވާޖީ ޙަޔާތުގައި ބަރަކާތް ލެއްވެވުމަށް އެދޭނަމަ މިކަންކަމަށް ވިސްނައިގެން އުޅެން މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން