ހިތާމައާ ހިތްދަތިކަން ބޮޑުވެ ރޯން ޖެހިދާނެއެވެ! އެހެނަސް ދުޢާކުރަން އޮހޮރާ ކަރުނަ ބޭކާރު ނުކުރައްވަވައި އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ- މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ހިތާމައާ ހިތްދަތިކަން ބޮޑުވެ ރޯން ޖެހިދާނެއެވެ! އެހެނަސް ދުޢާކުރަން އޮހޮރާ ކަރުނަ ބޭކާރު ނުކުރައްވަވައި އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ- މުފްތީ މެންކް

ދުނިޔޭގައި ވަނީ ހަމައެކަނި އުފާވެރިކަމެއް ނޫނެވެ. ހިތްދަތިކަންވެސް ވެއެވެ. ހިތްދަތިކަން ލިބުމުން ރޮވޭ ޙާލުގައިވެސް އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާއަށް ދުޢާކުރާށެވެ! ހިތާމައާއި ހިތްދަތިކަމުގައި އޮހޮރާ ކަރުނަ ދުވަހަކުވެސް ބޭކާރެއް ނުކުރައްވަވާނެއެވެ! ތިބާގެ ހިތަށްކުރާ އަސަރު ތިބާއަށްވުރެ މާބޮޑަށް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.

ތިބާގެ ވަށައިގެންވާ އެންމެންނަށްވުރެ ﷲ ތަޢާލާ ދެކެ ލޯބިވުން އިތުރުކުރަން މަސައްކަތްކުރާށެވެ! އެންމެންނަށްވުރެ ގާތަށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ވެސް ގަދައަޅައި މަސައްކަތްކުރާށެވެ!

ތިބާއަށް ތިބާގެ ވަށައިގެން ފެންނަނީ ކަޅުއަނދރިކަން އެކަނި ކަމަށްވެސް ވެދާނެއެވެ! ކިތަންމެ ގަދަ އަނދިރީގައި ތިބާ ހުރިނަމަވެސް، ތިބާއަށް ތިބާ ނުފެންނަހައި އަނދިރީގައި ހުރިނަމަވެސް ތިބާގެ ހިތުގެ އެންމެ ހިމަ ނާރުވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ޖަހާ ވިންދު ދެކެވޮޑިގެންވެއެވެ. ވިންދުގެ އަޑުވެސް އައސަވައިވޮޑިގެންވެއެވެ!

ކެތްތެރިވެލައި ކިޔަމަންތެރިކަން އިތުރުކުރާށެވެ! ތިބާގެ ވަށައިގެންވާ އަނދިރި ކަމުން ތިބާ ނެރުއްވަވައި ދެއްވަވައި ތިބާ ބޭނުންވާ އަލިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން