ކައިވެނިކުރުން ފަދަ ކަންތައްތައް ކުރުމުގައި ވަކިޚާއްޞަ ދުވަހެއް ސުންނަތުން ސާބިތުވާންއޮވޭތޯ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
ކައިވެނިކުރުމަށް ވަކި ދުވަހެއް ނެތެވެ. ކޮންމެ ދުވަހަކުވެސް ކައިވެނިކުރަންވީއެވެ. ވަކި ދުވަހެއްގައި ކައިވެނި ކުރުމަކީ މާތްކަން ބޮޑު ގޮތެއްކަމުގައި ދެކިގެން ކައިވެނިކޮށްފިނަމަ އެކުރެވެނީ ގޯސް ކަމެކެވެ.والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މާނައަކީ ރީތި ތާރީޚެއްގައި ކައިވެނިކުރަން ބޭނުންވާ މީހަކު އެތާރީޚެއްގައި ކައިވެނިކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ވަކި ދުވަހަކު ކައިވެނިކުރުމަކީ މާތްކަން ބޮޑު ގޮތެއްކަމުގައި ދެކިގެން އެދުވަހަކު ކައިވެނި ކުރުމަކީ ގޯސްކަމެއް ކަމެވެ.
ވަކި ދުވަހަކު ކައިވެނިކުރުމުން ބަރަކާތް އިތުރުކުރައްވަވާނެ ކަމަކަށް އެއްވެސް ޙަދީޘްފުޅަކުން އެނގޭކަށް ނެތެވެ. އަދި ޞަޙާބީންވެސް އެފަދައިން ކަންކަން ކުރައްވަވާފައެއް ނުވެއެވެ.