އިސްލާމީ ޙިޖާބްގެ ޝަރުޠުތަކާ ދެއްކުންތެރިކަމަށް ހެދުން އެޅުމުން ޤިޔާމަތް ދުވަހު ލިބޭނެ ބޮޑު ނިކަމެތިކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އިސްލާމީ ޙިޖާބްގެ ޝަރުޠުތަކާ ދެއްކުންތެރިކަމަށް ހެދުން އެޅުމުން ޤިޔާމަތް ދުވަހު ލިބޭނެ ބޮޑު ނިކަމެތިކަން-

އިސްލާމީ ޙިޖާބު ފުރިހަމަވާނީ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އަދި ހަމަ އެހެންމެ ޙިޖާބުގެ ޙަޤީޤީ މަޤްޞަދު ޙާޞިލްވާނީ މި ޝަރުޠުތައް ފުރިހަމަވުމުންނެވެ.

1- އޭނާގެ ހަށިގަނޑު އެއްކޮށް ނިވާވާ ހެދުމެކެވެ.

2- ހިލޭ ފިރިހެނުންނަށް ފެންނަހެން ޒީނަތްތެރި ކުރެވިފައިވައިވާ ހެދުމެއްނޫނެވެ. އަދި އެމީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ވިދާ ބަބުޅާގޮތަށް ޖަރީކުރެވިފައިވާ ހެދުމެއްވެސް ނޫނެވެ.

3- ހަށިގަނޑުގެ ވަނާތައް ފެންނަގޮތަށް ހުންނަ، ކަނދޮޅުދުލި ފަދަ ތުނި ހެދުމެއްނޫނެވެ.

4- ހަށިގަނޑުގެ ވަނާތަކުގެ ބައްޓަން ފާޅުވާގޮތަށް ހުންނަ ގަޔަށް ބާރު ހެދުމެއްވެސް ނޫނެވެ.

5- ފިރިހެނުން ލާ ހެދުމާއި ވައްތަރު ހެދުމެއްނޫނެވެ. އަދި ލާދީނީ އުޞޫލުތަކުގެ ހެދުމެއްވެސް ނޫނެވެ.

6- ދެއްކުންތެރިކަމާއި ބޮޑާކަން އެކުލެވިފައިވާ ހެދުމެއްވެސް ނޫނެވެ. މީހުންގެ ސަމާލުކަން ހޯދުމާއި މީހުންގެ ހިތްތައް އޭނާއަށް ލެންބުމަށާއި ވަސްވާސް އުފެއްދުމަށް ލާ ހެދުމެއްވެސް ނޫނެވެ.

އެހެނީ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

"مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللهُ ثَوْبَ مَذِلَّةٍ يَوْمَ القِيَامَةِ"

މާނައި: "ދުނިޔެމަތީގައި ދެއްކުންތެރިކަމުގެ ހެދުން އަޅައިފި މީހާ، ޤިޔާމަތް ދުވަހުން މާތް ﷲ ނިކަމެތިކަމުގެ ހެދުން އަޅުއްވާހުއްޓެވެ." (އަބޫދާއޫދްގެ ކިބައިން ރިޥާވެފައިވާ ޞައްޙަ ޙަދީޘެއް).

--ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން