ކޮންމެ ނަމެއް ކީނަމަވެސް އެންމެ ކުޑައިރުވެސް ދެޖިންސުގެ ކުދިން މަސްހުނިކުރުވައިގެން ނެށްޓުވުން ފަދަ ކަންކަން ކުރުން ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކޮންމެ ނަމެއް ކީނަމަވެސް އެންމެ ކުޑައިރުވެސް ދެޖިންސުގެ ކުދިން މަސްހުނިކުރުވައިގެން ނެށްޓުވުން ފަދަ ކަންކަން ކުރުން ހުއްދައެއް ނޫން!

އުނގެނުމުގެ އެންމެ ފުރަތަމަ މަރުޙަލާ ( ނާސަރީގެ އެންމެ ފުރަތަމަ އަހަރު ) އެންމެ ފުރަތަމަ އެ ކުދިންނަށް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ކުޑަކުދީންގެ ނުވަތަ ރީޓްރޯގެ ލަވައަކަށް ކުދިންލައްވާ ޙަރަކާތްކުރުވުން އެއީ މައްސަލައެއްތޯ؟ އަދި އެކުދިންނަށް އެ ޢުމުރުގައި ދަސްވާންޖެހޭ ބައެއް ކަހަލަ ހުނަރުތަކަށް ( މިސާލަކަށް ؛ އެކުގައި މަސައްކަތް ކުރުން، ވިސްނުން ތަރައްޤީވުން ފަދަ ކަންތައްތަކަށް ) މިކަމުން ހުރަސް އެޅިދާނެތޯ؟ 

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد: 

އެންމެ ތުއްތު އިރުއްސުރެ ފެށިގެންވެސް ކުދިންނަށް ދޭން ޖެހޭނީ އިސްލާމީ ތަރްބިއްޔަތެވެ. އިސްލާމްދީނުގެ އަސާސްތަކާއި ފުށޫ އަރާފަދަ އެއްވެސް ކަމެއް އެކުދިންނަށް ދަސްކޮށްދެވިގެން ނުވާނެއެވެ. 

ވީމާ، ދެޖިންސުގެ ކުދިން މަސްހުނި ކުރުވައިގެން ނައްޓުވާ ލަވަ ކިޔާ ހެއްދުމަކީ ރަގަޅު ކަމެއް ނޫނެވެ. އެފަދަ ކަންތައް އެހެން ނުކުރިނަމަވެސް އެކުދިންނަށް ދަސްކޮށްދޭން ޖެހޭ ހުނަރުތަކާއި ކަންތައްތައް ދަސްކޮށްދެވިދާނެއެވެ. އެކުގައި މަސައްކަތް ކުރުމާއި ވިސްނުން ތަރައްގީ ކުރުމަށް އަދި އެނޫންވެސް ކަންތައްތަކަށް އިސްލާމީ ގިއުގަނޑުގެ ތެރެއިން ކަންތައްތައް ރޭވުން އެއީ އެންމެ ކާމިޔާބު މޮޅު އިތުރު ގޮތެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން