ސުވަރުގެއާމެދު ހޭލުންތެރިވުން: ސުވަރުގެއަށް ވަދެވޭނެ ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ސުވަރުގެއާމެދު ހޭލުންތެރިވުން: ސުވަރުގެއަށް ވަދެވޭނެ ސަބަބުތައް-

ސުވަރުގެއަށް ވަދެވޭނެ ސަބަބުތައް ވަރަށް ގިނައެވެ. އޮތީ ހިތްވަރާއިއެކު މަސައްކަތްކޮށްލުމެވެ.

އިސްލާމް ދީނުގެ ރުކުންތަކަށް ރައްކާތެރިވުން.
• ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން ކުރުމަށް އެންގެވި ކޮންމެ ކަމެއް ކުރުން
• ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން އެކަމަކާ ދުރުހެލިވުމަށް އެންގެވި ކޮންމެ ކަމަކުން ދުރުހެލިވުން
މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ކޮލުދަތްތަކުން ހިފުން
ތެދުވެރިކަން.
• ﷲގެ މަގުގައި ހޭދަކުރުން.
ސަލާމްކުރުން ގިނަކުރުން.
މިސްކިތްތައް ބިނާކުރުން.
ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުން.
ޔަތީމުން ބަލައިބޮޑުކުރުން.
ރިވެތި އަޚުލާޤު.
ފަތިސް ނަމާދާއި ޢަޞުރު ނަމާދަށް ރައްކާތެރިވުން.
ސުންނަތް ނަމާދުތަކަށް ރައްކާތެރިވުން.
ފަރުޟު ނަމާދުތަކަށް، ޖަމާޢަތަށް މިސްކިތަށް ދިއުން.
މީހުންނަށް އުދަގުވާގޮތަށް މަގުމަތީގައި ހުންނަ އެއްޗިހި އެއްކައިރި ކުރުން.
ބަލިމީހުންނަށް ޒިޔާރަތް ކުރުން.
ރުޅި އަންނަހިނދު، އެރުޅި މައިތިރި ކުރުން.
މީސްތަކުންނަށް މާފުކުރުން.
އަމާނާތްތެރިވުން.
ދުލާއި ލަދުވެތި ގުނަވަނަށް ރައްކާތެރިވުން.
ކޮންމެ ފަރުޟު ނަމާދެއްގެފަހުގައި އާޔަތުލް ކުރްސި ކިޔެވުން.
ސޫރަތުލް އިޚްލާޞް ކިޔެވުން ގިނަކުރުން.
ދަމުނަމާދުކުރުން.
ޙަސަދަވެރިކަމުން ދުރުހެލިވުން.
އަނބިމީހާ އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިވުން. 

މުސްލިމް އަޚާއެވެ.

މިމަތިވެރި ބަގީޗާތަކާއި ގަނޑުވަރުތައް ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ. މިމަތިވެރި ވެގެންވާ ސުވަރުގެ ލިބިއްޖެ މީހަކީ ކާމިޔާބު ލިބިއްޖެ މީހެކެވެ. މިސުވަރުގެ ޙާޞިލުކުރުމަށްޓަކައި މިއުއްމަތުގެ ސަލަފުން ވަނީ ވަރަށް ގަދައަޅައި މަސައްކަތް ކުރައްވާފައެވެ. އެބޭކަލުން ހިންގެވި މަގަކީ ކާމިޔާބު ބޭނުންނަމަ އަޅުގަނޑުމެންވެސް ހިނގަންވީ މަގެވެ.
اللهم إنا نسألك الجنة وما يقرب إليها من قول وعمل وصلى الله وسلم على نبينا محمد وآله وصحبه أجمعين

ފަހުގެ ލިޔުންތައް

---އައްޝައިޚް އަޙްމަދު ނާޒިޙް

 

 

 

 

މިއަދު އޮންލައިން