ކައިވެނިކޮށްގެން ހިތްދަތިކަމުގަ ބައަކު އުޅޭތީ ކައިވެނި ނުކުރަން ނިންމާނަމަ, ތަނަވަސްކަން ލިބިފައިވާ ބައެއް މީހުން ހިތްދަތިކަމުގަ އުޅޭތީ ފައިސާ ބޭނުން ނުވާނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކައިވެނިކޮށްގެން ހިތްދަތިކަމުގަ ބައަކު އުޅޭތީ ކައިވެނި ނުކުރަން ނިންމާނަމަ, ތަނަވަސްކަން ލިބިފައިވާ ބައެއް މީހުން ހިތްދަތިކަމުގަ އުޅޭތީ ފައިސާ ބޭނުން ނުވާނީތަ؟

ކައިވެންޏާއިމެދު ވާހަކަ ދައްކާނަމަ ފުރަތަމަ ބަލައިލަންޖެހޭ އެއް ކަމަކީ ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅޭ ބައަކު ތިބޭ ކަމާއި ހިތާމައިގައި އުޅޭ ބައަކުވެސް ތިބޭނެއެވެ. މިއީ ހަމަ ކޮންމެ ކަމެއްގައިވެސް އެކަން އޮންނާނެ ގޮތެވެ.

މިޘާލަކަށް ބުނާނަމަ ފައިސާއަށް އެންމެންވެސް ބޭނުންވެއެވެ. އެހެނަސް ފައިސާ ލިބުމުންވެސް އުފަލުގައި އުޅެވެނީ އެއް ބައަކަށެވެ. އަނެއްބައަކު އުޅެނީ ހިތްދަތިކަމުގައެވެ. އަތުގައި ކިތަންމެ ފައިސާ ގިނަ ނަމަވެސް އެއްވެސް އުފާވެރިކަމެއް ނެތިއެވެ. އެހެންކަމަށްވާއިރު ފައިސާ ނުހޯދާނީ ހެއްޔެވެ؟ ތަނަވަސްކަމަށް ބޭނުން ނުވާންވީހެއްޔެވެ؟ 

ނޫނެކެވެ. އެއްވެސް ޙާލެއްގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ. އަހަރެމެން މުސްލިމުންނަކީ ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދެންޖެހޭނެ ބައެއްކަން ޤުރްއާނުން އެނގެން އެބަ އޮތެވެ. އަހަރެމެން އެންމެ ގިނައިން ކުރާ ދުޢާ (ރައްބަނާ އާތިނާ) ދުޢާގައިވެސް އެދެނީ ދެދުނިޔޭގެ ބާއްޖަވެރިކަމަށެވެ. ދެދުނިޔޭގައިވެސް އުފާވެރިކަން ދެއްވެވުމަށެވެ. 

އަދި ހަމަ އެފަދައިން އަހަރެމެންނަނީ ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވާންވީ ބައެއްކަންވެސް އެނގެން އެބައޮތެވެ. ވީމާ އަހަރެމެން އެއްވެސް މީހަކީ ކައިވެނިކުރަން ދެކޮޅުހަދާ މީހަކަށްވެގެން ނުވާނެއެވެ. އެއްވެސް އުނިކަމެއް ހުރިނަމަ އެކަން ޤަބޫލުކޮށްގެން އެމީހަކާއިއެކު ދިރިއުޅޭނެ މީހަކު ހޯދަން މަސައްކަތްކުރާނީއެވެ. ކައިވެނިކުރަން ދެކޮޅު ހަދާނީއެއް ނޫނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން