ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަރމާކެޓް ވިޔަފާރި ހިންގަމުންއަންނަ ރެޑްވޭވުން 1444 ވަނައަހަރުގެ (މިއަހަރުގެ) ރޯދަ ސޭލް ފަށައިފިއެވެ.
ރެޑްވޭވް ރޯދަ ސޭލް މިފަހަރު ފަށާފައި މިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރެޑްވޭވްގެ ކަސްޓަމަރުންނަށްވެސް ރޯދައަށް ބޭނުންވާ މުދާ ހޯދުމަށް ފަސޭހަކޮށްދިނުމުގެ އިތުރުން މި ޕްރޮމޯޝަންގައި އެކި އެކި އައިޓަމް ތަކުން5% - 75% ދެމެދު ބޮޑެތި ޑިސްކައުންޓްތައް ލިބޭނެ ގޮތަށެވެ. ފާއިތުވި އަހަރުތަކައްވުރެ މި އަހަރުގެ ރޯދަ ޕްރޮމޯޝަންގައި ގަންނަންލިބޭ އައިޓަމްތައް އިތުރުވެފައި ރޯދައަށް ބޭނުންވާނެ ވަރަށް ޚާއްސަ މުދަލާއިއެކުގައެވެ.

"މި ޕްރޮމޯޝަންގެ މުއްދަތުގައި ރެޑްވޭވްއިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ. މި ޕްރޮމޯޝަންގައި އެންމެ ޚާއްޞަކަމަކީ ނަގުދު ފައިސާއިން ބޮޑެތި އިނާމުތަކެއް ލިބުން. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000(އެއްލައްކަ ރުފިޔާ)ރުފިޔާގެ ފައިސާގެ އިނާމު ލިބޭއިރު ، ނަސީބުވެރި އިތުރު 5 ފަރާތަކަށް 10،000(ދިހަހާސް)ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ. އަދި މީގެ އިތުރުންވެސް ރެޑްވޭވްއިން ވިއްކާ ބްރޭންޑްތަކުން ގުރުއަތުން ހޮވާލެވޭ 5 ފަރާތަކަށް އަގުހުރި އެތައް އިނާމުތަކެއް ލިބޭނެ. އަދި ރޯދައަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުންފރުނީޗަރާ ބަދިގެއަށް ބޭނުންވާ ސާމާނާއި ހިފާގެންގުޅޭ ސާމާނު ނަންހުސްކޮށް މިފަހަރުގެ ޕްރޮމޯޝަންގައި ލިބެންހުންނާނެ. މި ޕްރޮމޯޝަން 2023 އޭޕްރިލް 20ގެ ނިޔަލައް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފަ." ކަމަށް ރެޑްވޭބްގެ ފިހާރަތައް ހިންގާ ކުންފުނިން ބުނެއެވެ.
ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ ރަނގަޅު، އަގުހެޔޮ މުދާ ވިއްކާ ރެޑްވޭވްއިން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ މި ރޯދަ ސޭލަކީ ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުންދާ ޕްރޮމޯޝަނެކެވެ. އަދި މިއީ ރޯދަމަހަށް އެހީތެރިވުމުގެ ގޮތުން އަމިއްލަ ވިޔަފާރިއަކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ޕްރަމޯޝަންކަންވެސް ފާހަގަކުރެވެއެވެ.
ރާއްޖޭގައި ވަރަށް މަޝްހޫރުވެގެންދިއަ އަގޯރާގެ އެންމެ ބޮޑު ދެފިހާރަވެސް ދާދިފަހުން ވަނީ ރެޑްވޭވް ގްރޫޕުން ގަނެފައެވެ. އެއިގެ ތެރެއިން އަގޯރާ ސޯސަންމަގު ފިހާރަ މިހާރުވަނީ ރެޑްވޭވް ގްރޫޕުން ހުޅުވައިފައެވެ. އަގޯރާއިން މަޖީދީ މަގުގައި ހިންގި 5 ބުރީގެ ބޮޑު ފިހާރަ މިމަހު 15 ހައިތަނުގައި ހުޅުވަން ގެންދަނީ މަސައްކަތްކުރަމުންނެވެ.
މީގެ އިތުރުން ރެޑްވޭވް ގްރޫޕުން ވަނީ މަޖީދީ މަގުގައި ހުންނަ އެސްޓީއޯ ބޭސްފިހާރަ ކުރިމަތީގައިވެސް ރެޑްވޭބްގެ ފިހާރައެއް ހުޅުވައިފައެވެ. ހުރިހާ ފިހާރަތަކެއްވެސް ހުޅުވަމުން ގެންދަނީ ކާބޯތަކެއްޗާއި އެހެނިހެން ބާވަތްތަކާއިއެކު ޓެކްސްޓައިލްގެ ބާވަތްތައްވެސް ހެޔޮ އަގުތަކުގައި ލިބެން ހުންނަ ގޮތަށެވެ.