ކުރާ ދުޢާ ޢިޖާބަކުރެއްވެވުން އެންމެ ފަސޭހަ އަދި އެންމެ ފުރުޞަތު ބޮޑު މަގު- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
ކުރާ ދުޢާ ޢިޖާބަކުރެއްވެވުން އެންމެ ފަސޭހަ އަދި އެންމެ ފުރުޞަތު ބޮޑު މަގު- އިން ޝާ ﷲ

ކޮންމެ މީހަކުވެސް ދުޢާކުރަނީ ކޮންމެވެސް ކަމަކަށް ބޭނުންވެގެނެވެ. އެއީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން ކަމުގައިވެސް ވެދާނެއެވެ. ކޮންމެ ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް އެދުޢާ ޢިޖާބަކުރައްވަވާނެ އެންމެ ފަހި މަގުތަކުން ދުޢާކުރުމަށް ސަމާލުކަން ދޭންވާނެއެވެ. 

ދުޢާކުރުމުގައި އެންމެ ފައިދާކުރާނެ އެއް މަގަކީ ކުރާ ދުޢާގައި ވީހައި ގިނަ ބައަކު ހިމެނުމެވެ. އެހެނީ ތިމާގެ އަކާއަށް (މީހަކަށް) ނުއެނގި (ނުއަންގައި) އޭނާއަށްޓަކައި ހެޔޮ ދުޢާކުރުމުން މަލާއިކަތުން އެދުޢާކުރި މީހާއަށް ހަމައެ ނިޢްމަތް މިންވަރުކުރައްވަވައި ދެއްވެވުން އެދިވަޑައިގެން ދުޢާ ކުރައްވަވަތެވެ. މިއީ ޞަޙީހް ޙަދީޘްފުޅުން ސާބިތުވާން އޮތް ކަމެކެވެ. 

Abud-Darda’ (May Allah be pleased with him) reported: I heard the Messenger of Allah (sallallaahu ’alayhi wa sallam) saying, 

“Whenever a Muslim supplicates for his (Muslim) brother in his absence, the angels say: `May the same be for you too‘.”

[Muslim].

ކީރިތި ޤުރްއާން ބައްލަވާށެވެ! 

"... އަޅަމެންގެ ވެރި ރސްކަލާކޮ! އަޅަމެންނާއި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަ ފުއްސަވާނދޭވެ!.."   

"އަދ އެއުރެންގެ ފަހުން އައިމީހުން ބުނެތެވެ. އަޅަމެންގެ ވެރި ރސްކަލާކޮ! އަޅަމެންނާއި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަ ފުއްސަވާނދޭވެ!  އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވަވާނދޭވެ! އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އިނބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ ރަޙީމްވަންތަ ރަސްކަލނގެ އެވެ." (59:10) 

"... އަދި ކަލޭގެފާނުގެ ކުށަށާއި، މުއްމިން ފިރިހެނުންނަށާއި މުއްމިން އަންހެނުންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ!.." 

"ފަހެ، ﷲ މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ކުށަށާއި، މުއްމިން ފިރިހެނުންނަށާއި މުއްމިން އަނހެނުންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! ތިއަބައި މީހުން ހިނގބިނގާވެ އުޅޭތަނާއި އަރާމްކުރަން ތިބޭތަން ﷲ ދެނެވޮޑިގެންވެތެވެ." (47:19) 

މިމަގުން ދުޢާކުރުމަށްޓަކައި ތިމާކުރާ ކޮންމެ ދުޢާއެއްގައިވެސް އަނބިން، ފިރިން ދަރިން، އަޚުން، އުޚުތުން އަދި އެންމެހައި މީސްތަކުންގެ ފާފަ ފުއްސަވައި ނަރަކައިން ސަލާމަތްކުރައްވައި ހެޔޮ ރަޙްމަތް ލައްވަވައިދެއްވެވުން އެދި ދުޢާކުރަންވާނެއެވެ! 

ދަރަނިވެރިއަކު ދަރަނިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ދުޢާކުރާއިރު ތިމާއަށް އެދޭފަދައިން ދުނިޔޭގައި ތިބި އެންމެހައި ދަރަނިވެރިންނާއި އަދި މަރުވެފައިވާ ދަރަނިވެރިންނަށްޓަކައިވެސް ދުޢާކުރާށެވެ! 

ތިމާއަށް ޝިފާލިބުން އެދި ދުޢާކުރާއިރު ތިމާގެ ޢާއިލާއިން ބަލިވެތިބި އެންމެންނަށާއި ދުނިޔޭގެ ކަންކޮޅުތަކުގައި ބަލިވެތިބި އެންމެންނަށް ވެސް ޝިފާ ދެއްވެވުން އެދި ދުޢާކުރާށެވެ. އަދި ތަނަވަސްކަމަށް އެދި ދުޢާކުރާއިރުވެސް އެންމެންނަށްވެސް ތަނަވަސްކަން ދެއްވެވުން އެދި ދުޢާކުރާށެވެ! 

އީމާންކަން ފުރިހަމަވާނީ ތިމާއަށް އެދޭ ކަންކަން އެހެން އެންމެންނަށްވެސް އެދިގެންނެވެ. ވީމާ ތިމާއަށް އެދޭކަންކަން އެހެން ީހުންނަށްވެސް މިނަވަރުކުރައްވަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! 

އެއިރުން ހަމައެ ރަޙްމަތް ދުޢާކުރާ މީހާއަށްވެސް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

އެނގިގެން މިދިއައީ ވީހައި ގިނަ ބައަކަށްޓަކައި ދުޢާކުރުމުން ލައްވަވާނެ ރަޙްމަތުގެ ބޮޑުކަމެވެ. ތިބާ ދުނިޔޭގެ އެންމެންނަށްޓަކައި ހެޔޮ ދުޢާކުރުމުން ތިބާ އެއެންމެންނަށްޓަކައި އެދުނުފަދައިން ތިބާއަށް އެކަމެއް ހިންމަވައި ދެއްވެވުން އެދި އެއެންމެންގެ މަތިން މަލާއިކަތުން ތިބާއަށްޓަކައި ދުޢާ ކުރެއްވެވުމުން ތިބާއަށް ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ! ތިބާ ކުރި ދުޢާ ޢިޖާބަވުން އަވަސްވެގެންދާނެ މިންވަރަސް އުންމީދުކުރުމުގެ ފުރުޞަތު ކިހައި ބޮޑުކަން ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ! 

ވީމާ ދުޢާކުރާއިރު ވީހައި ގިނަ ބައަކު އެދުޢާގައި ޝާމިލުކުރާށެވެ! އެކަމުގެ ސަބަބުން ﷲ ތަޢާލާ ލައްވަވާނެ ބޮޑު ރަޙްމަތަށް އުންމީދުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން