މީހެއްގެއުފަންދުވަހު ކޭކުފަދަ އެއްޗެހި ނުފަލާ ހަދިޔާ އެއްދިނުމަކީ ކޮއްކަހަލަކަމެއްޔޯ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
އުފަންދުވަސް ފާހަގަކުރުމަކީ ޢިލްމުވެރިން ހުއްދަ ކުރައްވާކަމެއްނޫނެވެ. ސަބަބަކީ އެއީ ދީނީކަމަކަށްވުރެ ބޮޑަށް އިޖްތިމާޢީ ކަމަކަށް ވީނަމަވެސް އެއީ ޣައިރުމުސްލިމުންގެ ސަގާފަތާ ރައްޓެހި އަދި މުސްލިމުންނާ ބީރައްޓެހިކަމަކަށް ވާތީއެވެ. ވީމާ އެފަދަ ދުވަހެއްގެ މުނާސަބަތުގައި ހަދިޔާ ބަދަލުކުރުމަކީ އެފަދަ ކަންތަކަށް ތަރްޙީބު ދިނުމުގެ ތެރެއިން ހިމެނޭކަމަކަށް ވާތީވެ މުސްލިމުން އެފަދަ ކަންތަކުން ދުރުވެގަތުން ހުއްޓެވެ. والله أعلم
(ޖަވާބު ނެގިފައިވަނީ އެމް ވީ އިސްލާމް ކިޔޫ އޭ.ކޮމް އިން)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިފަދަ ޖަވާބުތައް އެނގުމުން ގާތް މީހަކަށް ހަދިޔާއެއްވެސް ދިނުން ހުއްތަ ނުވަނީތޯ؟ އެބަ ސުވާލުކުރެއެވެ.
ޖަވާބަކީ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް ވީހައި ގިނައިން ހަދިޔާދޭންޖެހޭ ބައެކެވެ. އަނބިދަރިންނަށް ދޭ ހަދިޔާއަކީވެސް ޞަދަޤާތެއް ކަމަށް ލައްވަވާފައިއެވަނީ ހަދިޔާ ދިނުމަށް ހިތްވަރު ދެއްވަވަން ނޫންތޯއެވެ؟ ވީމާ ކޮންމެހެން އެހެންދީންތަކުގެ މީހުންނާއި އެއްގޮތްވާގޮތަށް ހަދިޔާ ނުދީ ކޮންމެ ދުވަހަކުވެސް ނުވަތަ ލިބޭ މިންވަރަކުން ހަދިޔާދޭން ދީނުގައި އެވަނީ ބާރު އަޅުއްވަވައިފައެވެ. ހަމައެކަނި ނުކުރަންވީ ކަމަކީ އެހެން ދީންތަކުގެ މީހުން ކުރާ ކަންކަމާއި އެއްގޮތަށް ކަންކަން ނުކުރުމެވެ. އެމީހުންގެ ޘަޤާފަތަށް ޢަމަލުނުކުރުމެވެ. والله أعلم