މޮޔައިން ފެނުނީމާ ހިނިގަނޑެއް ޖަހައި ނުލެވޭ މީހަކު މަދުވާނެ! އެކަމަކު ގިނަވަމުން މިދަނީ އެންމެ ބޮޑެތި މޮޔައިން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 34ސ
މޮޔައިން ފެނުނީމާ ހިނިގަނޑެއް ޖަހައި ނުލެވޭ މީހަކު މަދުވާނެ! އެކަމަކު ގިނަވަމުން މިދަނީ އެންމެ ބޮޑެތި މޮޔައިން-!

މީސްތަކުންނޭވެ! ދުނިޔޭގައި ކާމިޔާބުކަމާއިއެކު އުޅެވުމަކީ އެންމެ ތަނަވަސްމީހާ ކަމުގައި ވެވުމެއް ނޫނެވެ. އަދި އެންމެ މަތީ މަޤާމެއްގައި ހުރެވުމެއްވެސް ނޫނެވެ. ދުނިޔޭގައި ހރެ އާޚިރަތް ކާމިޔާބުކުރެވުމެވެ. 

މީސްތަކުން މިއަދު މިއުޅެނީ، ތެޅިފޮޅެނީ ދުނިޔެ ނުލިބިގެންނެވެ. ތަނަވަސްކަމާއި މަތީ މަޤާމްތައް ނުލިބިގެންނެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމާއި މަރުވުމުން ދެން ކަންކަން މެދުވެރިވެދާނެ ގޮތަކާއިމެދު ވިސްނައިލަނީވެސް ވަރަށް މަދު މީހެކެވެ. 

كُنَّا عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَتَذَاكَرُوا الدُّنْيَا وَالْآخِرَةَ، فَقَالَ بَعْضُهُمْ: إِنَّمَا الدُّنْيَا بَلَاغٌ لِلْآخِرَةِ فِيهَا الْعَمَلُ وَفِيهَا الصَّلَاةُ وَفِيهَا الزَّكَاةُ، وَقَالَتْ طَائِفَةٌ مِنْهُمُ: الْآخِرَةُ فِيهَا الْجَنَّةُ، وَقَالُوا مَا شَاءَ اللَّهُ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَا الدُّنْيَا فِي الْآخِرَةِ إِلَّا كَمَا يَمْشِي أَحَدُكُمْ إِلَى الْيَمِّ فَأَدْخَلَ إِصْبَعَهُ فِيهِ فَمَا خَرَجَ مِنْهُ فَهِيَ الدُّنْيَا». [رواه الحاكم في المستدرك برقم 7898 وصححه الألباني في صحيح الجامع الصغير برقم 5547] 

މާނައީ: ތިމަންބޭކަލުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ދުނިޔެއާއި އާޚިރަތާ ބެހޭގޮތުން ވާހަކަ ދައްކަވަން ތިއްބެވީމެވެ. ފަހެ، ބައެއް ބޭކަލުން ވިދާޅުވިއެވެ. "ހަމަކަށަވަރުން ދުނިޔެއަކީ އާޚިރަތަށް ފޯރުކޮށްދޭ ތަނެކެވެ. އެތަނުގައި ޢަމަލުކުރުން ވެއެވެ. އަދި ނަމާދުކުރުމާއި ޒަކާތްދިނުން ވެއެވެ." އަދި އޭގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވިއެވެ. "އާޚިރަތުގައި ސުވަރުގެވެއެވެ." އަދި އެބޭކަލުން ދެންނެވިއެވެ. "ﷲ އިރާދަކުރެއްވިއްޔާއެވެ." ފަހެ، ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އާޚިރަތާ އަޅާ ބަލާއިރު ދުނިޔެއާމެދު ދަންނައެވެ. ތިޔަބައިމީހުންކުރެ މީހަކު ކަނޑަށް އިނގިލި ލާފައި އެ ނަގާއިރު އެއިން އިނގިލީގައި ހުންނަ މިންވަރަކީ އެއީ ދުނިޔެއެވެ." 

*އަލްޙަސަން އަލްބަޞަރީ رحمه الله ވިދާޅުވިއެވެ. 

"ދުނިޔެއަކީ މުއުމިނުންނަށް ހާދަހާ ހެޔޮވެގެންވަ ގޮވައްޗެކެވެ. އެހެނީ އޭނާ އެތަނުގައި މަދު ޢަމަލުތަކެއްކޮށް އޭގެން އޭނާ ހޯދި ކޮއްތު ޙާޞިލުކޮށްގެން ސުވަރުގެއަށް ދިޔައެވެ. އަދި އެއީ ކާފިރުންނާއި މުނާފިޤުންނަށް ހާދަހާ ނުބައި ތަނެކެވެ. އެހެނީ އޭނާ އެތަނުގެ ރޭތައް ނަގާލިއެވެ. އަދި އެތަނުން އޭނާ ހޯދި ކޮއްތު ހިފައިގެން ދިއައީ ނަރަކައަށެވެ." [رواه أحمد في الزهد برقم 1637] 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން