ހޭލަބަލަ! ހިތްދަތިކަން ކުރިމަތިވަނީ ﷲ ލޯބިވެވޮޑިނުގަންނަ އަޅުންނަށް ކަމަށްވާނަމަ ﷲ ލޯބިވެވޮޑިގަންނަވާ އަޅެއް ކުރިންވެސް މިހާރަކުވެސް ދުނިޔެއަކު ނޫޅޭ- ނުވެސް އުޅޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހޭލަބަލަ! ހިތްދަތިކަން ކުރިމަތިވަނީ ﷲ ލޯބިވެވޮޑިނުގަންނަ އަޅުންނަށް ކަމަށްވާނަމަ ﷲ ލޯބިވެވޮޑިގަންނަވާ އަޅެއް ކުރިންވެސް މިހާރަކުވެސް ދުނިޔެއަކު ނޫޅޭ- ނުވެސް އުޅޭނެ!: މުފްތީ މެންކް

މުޞީބާތެއް ނުވަތަ ހިތްދަތިކަމެއް ނުވަތަ އެފަދަ ކަންކަން ކުރިމަތިވުމުން އެކަންކަން ތިމާއަށް ކުރިމަތިވީ ތިމާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިނުގަންނަވާތީކަމަށް ބުނާ މީހުން އުޅެއެވެ. އެފަދަ މީހުންގެ ގާތުގައި ފުރަތަމަވެސް ބުނެލަން ބޭނުންވަނީ އެހެންކަމަށްވާނަމަ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅެއް ކުރިންވެސް މިހާރަކުވެސް ދުވަހަކުވެސް ދުނިޔެއަކު ނުއުޅެއެވެ. އުޅެފައެއްވެސް ނުވެސް އުޅޭނެއެވެ. 

އެހެނީ އެކަންކަން ކުރިމަތިވާ ހަމަ އެންމެ އިންސާނަކުވެސް ދުނިޔޭގައި ނުއުޅޭތީއެވެ. ނުވްސް އުޅޭނެތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެންމެ ބޮޑަށް ލިބިވަޑައިގަތީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އަށެވެ. އެންމެ ބޮޑަށް އެކަންކަމާއި ކުރިމަތިލައްވަވަން ޖެހިވަޑައިގަތީ އިތުރު އެކަލޭގެފާނަށެވެ. އެހެންވީއިރު އެއީ އިތުރު އެކަލޭގެފާނު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިނުގަންނަވާތީ ހެއްޔެވެ؟ 

ކިރިޔާ ކަމެއް ދިމާވިނަމަވެސް އެ ވިސްނުމަކީ ޝައިޠޯނާގެ ކިބައިން ލިބޭ ވިސްނުމެކެވެ. ހަމަ ވަޤުތުން ޝައިޠޯނާއަށް ބުނާށެވެ. "ﷲ ތަޢާލާ އަހުރެން ދެކެ ލޯބިވެވޮޑިނުގަންނަވާކަން ކަލެއަށް އެނގުނީ ކިހިނަކުންހެއްޔެވެ؟ ކަލެއަށް އުޑަކަށް ނުއެރޭނެއެވެ. އެތަނުގައި ހިނަގާ އެއްވެސް ކަމެއް ކަލެއަކަށް ނުއެނގޭނެއެވެ." 

އަދިވެސް ބުނާށެވެ! މިއީ ﷲ ތަޢާލާ އަހުރެންދެކެ ލޯބިވެވޮޑިގަންނަވާތީ މިންވަރުކުރެއްވެވި ކަމެކެވެ. އަހުރެންނަށް ސުވަރުގެ ވަދެވޭނެ މަގު ފަހިކޮށްދެއްވަވަން ކުރިމަތިކުރެއްވެވި ކަމެވެ. ޝުކުރުވެރިވެ އަހުރެން ކުރާނެ ކަމަކީ ސަޖިދަކުރުން ގިނަކުރުމެވެ." 

އެހެން ބުނެފައި ކަލޭގެ ޢަމަލުން ނިކަން އެކަން ދައްކައިބަލާށެވެ! ފުންމައިގެން ޝައިޠޯނާ އަންނާނެއެވެ. އައިސް ބުނާނެއެވެ. "ކަލޭ އިމްތިޙާން ކުރައްވަވަނީއެވެ. މިހާރު ތިއަހުރީ ފާސްވެފައެވެ. އެހައިގިނައިން ސަޖިދަ ނުކުރި ނަމަވެސް ކަލޭ ސުވަރުގެ ވައްދަވާނެތެވެ." 

އަހަރެންގެ އެކުވެރި އަޚުންނާއި އުޚޅުތުންނޭވެ! މިކަންކަން ހިނގަމުންދަނީ މިގޮތަށްކަން ކޮންމެ މުސްލިމަކަށްވެސް ޤަބޫލުކުރެވޭނެއެވެ. މައްސަލައަކީ ވިސްނައިނުލެވޭކަމެވެ. ކަމެއް ދިމާވުމުން ﷲ ތަޢާލާއަށް ވަކީލުކުރުމުގެ ބަދަލުގައި ޝައިޠޯނާގެ މަގުން ދެވޭކަމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން