ތިބާއަށް ނުލިބިގެންތިއައުޅޭ ހުރިހާ އުފާތަކެއް ﷲ ތަޢާލާ މިންވަރުކުރައްވަވާނެ މަގު-: އުސްތާޛް ވައްހާޖް ތަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ތިބާއަށް ނުލިބިގެންތިއައުޅޭ ހުރިހާ އުފާތަކެއް ﷲ ތަޢާލާ މިންވަރުކުރައްވަވާނެ މަގު-: އުސްތާޛް ވައްހާޖް ތަރިން

އެއްދުވަހަކު މީހަކު ގޮސް އަބޫ ހުރައިރާ (ރޢ)ގެ އަރިއަހުގައި ސުވާލު ދެންނެވިއެވެ. "ތަޤްވާވެރިކަމަކީ ކޮބއިތޯއެވެ؟" 

ޖަވާބުގައި ސުވާލުކުރެއްވެވިއެވެ. "ކަށިތަކެއްގެ ތެރެއިން ހިނގާފައި ކުރިއަށްދާންޖެހިއްޖެނަމަ ކަންތައް ކުރަނީ ކިހިނެއްހެއްޔެވެ؟" 

އެމީހާ ދެންނެވިއެވެ. "ހަށިގަނޑާއި ފޭރާން ކަށިތަކުން ސަލާމަތްކުރަން މަސައްކަތްކުރަމުން ކުރިއަށްދަނީއެވެ." 

އަބޫހުރައިރާ ވިދާޅުވިއެވެ. "ތަޤްވާވެރިކަމަކީ އެއީއެވެ. ދުނިޔޭގައި އުޅޭއިރު ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރަންވީއެވެ. ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރަންވީއެވެ. އަދި އެކަންކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ހުރިހާ ކަންކަން ކުރުންމަތީގައި ދެމިހުންނަންވީއެވެ. އެއިރުން އެހުރެވެނީ ތަޤްވާވެރިކަމުގައެވެ." 

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކީ ކޮނމެވެސް ކަމަކާއިހުރެ ވަރަށް ބޮޑަށް ކަންބޮޑުވެ ހާސްކަމެއްގެ ތެރޭގައި އުޅެންޖެހިފައިވާ ބައެކެވެ. ބޭނުންވާ އެތައް ކަންތައްތަކެއް ޙާޞިލުނުކުރެވިގެން ހިތާމަކުރަން ޖެހިފައިވާ ބައެކެވެ. އެކަންކަން ޙާޞިލުކުރެވޭނެ ގޮތަކާއިމެދު ވިސްނަމުންދާ ބައެކެވެ. 

ވިސްނާށެވެ! އެއީ މާލީ ތަނަވަސްކަމާއި ގުޅިފައިވާކަމެއް ނަމަވެސް ޢާއިލީ މައްސަލައެއް ނަމަވެސް، އަދި ކައިވެނި ރޫޅަިލަން ޖެހުން ފަދަ މައްސަލައެއް ނަމަވެސް، ޖުމުލަކޮށް ބުނާނަމަ ކޮންމެ މައްސަލައެއްގެ ވެސް ޙައްލު ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭނެ ގޮތް އެބަ އޮތެވެ. އެއީ ތަޤްވާވެރިކަން އިތުރުކުރުމެވެ.

ތަޤްވާވެރިކަން އިތުރުކޮށްފިނަމަ އެމީހަކަށް ކުރިމަތިވެފައިވާ ދަތިތަކާއި ހިތްހަމަނުޖެހުމުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. 

- އުސްތާޛް ވައްހާޖް ތަރިންގެ ދަރުސަކުން

 

މިއަދު އޮންލައިން