އަޅުގަނޑަކީ ފަތިސްނަމާދުކުރުމަށް ޢާންމުކޮށް ހޭލާކުއްޖަކީމެވެ. އހެންނަމަވެސް ބައެއްރޭރޭ އަޅުގަނޑްށް ހޭލެވެނީ އިރުއަރާފަހުންނެވެ. މިފަދަ ދުވަސްތަކުގައި، އަޅުގަނޑު ނަމާދު ޤަޟާކުރަންޖެހޭނެ ނޫންތޯއެވެ؟ ވީމާ، އެނަމާދު ޤަޟާކުރަން އެންމެރަނގަޅު ވަގުތަކީ ކޮބައިތޯއެވެ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ނަމާދަކީ ދީނުގެ ތަނބެވެ. އަޅާއާއި ކާފިރުކަމާއި ދެމެދުގައިވާ އިންފާރަކީ ނަމާދެވެ. އެހެން ކަމުން ހުރިހާނަމާދު ތަކެއްވެސް އެނަމާދަކަށް ކަނޑައެޅިފައި ވާވަގުތުގައި އަދާކުރަން ޖެހޭނެއެވެ.
ސުވާލުގައި އައިސްފައިވާ ފަދައިން ފަތިސްނަމާދަށް ހޭލެވުނުއިރު، ވަގުތު ފާއިތުވެގެން ދަނީކަމުގައި ވީނަމަވެސް ވީހާވެސް އަވަހަށް ނަމާދު ކުރާނީއެވެ. އިތުރަށް ލަސްކޮށްގެން ނުވާނެއެވެ. ސަބަބަކީ މެންދުރުވަންދެން ދުނިޔޭގައި ހުންނާނެ ކަމުގެ ޔަޤީން ކަމެއްނެތީމައެވެ. އެހެން ކަމުން އަވަހަށް ނަމާދު ކުރަން ޖެހޭނެއެވެ.
ނަމާދުތައް ކުރެވޭނީ ތަރުތީބުންނެވެ. ފަތިސްނަމާދު ނުކޮށް ހުއްޓާ މެންދުރު ވަގުތު ވެއްޖެނަމަ ފުރަތަމަ ކުރާނީ ފަތިސްނަމާދެވެ. އެޔަށްފަހު މެންދުރުނަމާދެވެ. އެހެން ނަމާދުތައްވެސް ހަމަ މިފަދައިންނެވެ. والله أعلم.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ރަސޫލާ އަސް ފަތިސްނަމާދަށް ހޭފުޅު ނުލެއްވެވުނު ރޭ، ހޭފުޅު ލެއްވެވުމާއިއެކު ފަތިސްނަމާދު ޤަޟާއަށް ކުރެއްވެވުމަށް އަވަސްވެވަޑައިގެންނެވިއެވެ. ވަކި ވަޤުތަކަށް ނުބައްލަވައެވެ. ވީމާ އެންމެ ރަނގަޅު ވަޤުތަކީ ވީހާއަވަހަކަށް ކުރުންކަން އެނގިގެންދެއެވެ.