ކިތަންމެ ބިރުވެރި ހުވަފެނެއް ފެނުނަސް އަދި ކިތަންމެ ބޮޑު އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބޭ ހުވަފެނެއް ފެނުނަސް ބިރުނުގަންނާށެވެ! އެއީ ޝައިޠޯނާ ދައްކާ ބޮޑު ފޭކެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކިތަންމެ ބިރުވެރި ހުވަފެނެއް ފެނުނަސް އަދި ކިތަންމެ ބޮޑު އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބޭ ހުވަފެނެއް ފެނުނަސް ބިރުނުގަންނާށެވެ! އެއީ ޝައިޠޯނާ ދައްކާ ބޮޑު ފޭކެކެވެ!

ގިނަ މީހުން އެންމެ ބޮޑަށް ކަންބޮޑުވެ، ދެރަވެ ހިތާމަކުރަނީ އެމީހުންނަށް ކޮންމެވެސް މުޞީބާތެއް ޖެހިގެން އުޅޭތަން ހުވަފެނުން ފެނުމުންނެވެ. ޢާއިލާ ރޫޅި ވިޔަފާރި ބަނގުރޫޓުވެ ވަޒީފާ ގެއްލިގެން ، ނުވަތަ އެކްސިޑެންޓެއްވެގެން އުޅޭތަން ފެނިދާނެއެވެ. ތިމާ ނުވަތަ އެހެން ބައަކު މަރުވެގެން އުޅޭތަންވެސް ފެނިދާނެއެވެ.  

މިބާވަތުގެ ހުވަފެނެއް ފެނިގެން އެއްވެސް ވަރަކަށް ކަންބޮޑުނުވާށެވެ! ސަބަބު ވަރަށް ސާފެވެ! މިފަދަ ކޮންމެ ހުވަފެނަކީވެސް ޝައިޠޯނާގެ ކިބައިން ފެންނަ ކަންކަމެވެ. އެއްވެސް ވަރަކަށް ކަންބޮޑުނުވާންވީ އެންމެ ބޮޑު ސަބަބަކީ މީހަކު މަރުވާން އުޅޭކަމެއް ނުވަތަ ފަހުން ވާން އުޅޭކަމެއް (ޣައިބުގައިވާ އެއްވެސް ކަމެއް) ޝައިޠޯނުންނަކަށް ނުއެނގޭނެއެވެ.

އެހެންކަމަށްވާއިއރު ތިބާއަށް ނުވަތަ ޢާއިލާގެ މީހަކަށް ނުވަތަ ގާތް އެކުވެރިއަކަށް ނުވަތަ އެނޫންވެސް މީހަކަށް ދެރައެއް ލިބެން އުޅޭކަން ޝައިޠޯނާއަށް އެނގޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ޝއިޠޯނާއަށް ނުއެނގޭ ކަމެއް އެހެން މީހަކަށް އަންގައިދެވޭނީ ކިހިނަކުން ހެއްޔެވެ؟

މިއީ ޙަދީޘްފުޅުން ޔަޤީންކުރެވެން ހުރި ކަންކަމެވެ. ޞަޙާބީއަކަށް ހުވަފެންފުޅުގައި އެބޭކަލެއްގެ ބޯ މީހަކު ކަނޑައިލުމުން އެބޯފަހަތުން ދުވެވަޑައިގަންނަވަނިކޮށް ހުވަފެންފުޅުން ފެނިވަޑައިގެންނެވި ވާހަކަ ރަސޫލާ އަށް ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވީ އެއީ ޝައިޠޯނާގެ ކިބައިން މެދުވެރވެވަޑައިގެންނެވި ކަމެއް ކަމަށާއި އެވާހަކަ އެއްވެސް މީހަކުގެ ގާތުގައި ނުދެއްކެވުމަށެވެ. ދައްކާނަމަ ޝައިޠޯނާގެ މަޅީގައި އެމީހަކު ޖެހުނީތީ އޭތި ހީނ އުފާކުރާނެ ކަމަށެވެ.

ހަމައެފަދައިން ބިރުވެރި ހުވަފެން އެފެންނަނީވެސް ޝައިޠޯނާގެ ކިބައިންނެވެ. ބިރުން އަޑުގަދަކުރެވުމާއި ހޭލެވޭއިރު ތުރުތުރު އެޅުމާއި ދައުހިއްލާފައިވުން ފަދަ ކަންކަން މެދުވެރިއެވަނީ އެހުވަފެނަކީ ޝައިޠޯނާގެ ކިބައިން ފެނުނު ކަންކަމުގައިވާތީއެވެ.

ﷲ ތަޢާލާގެ ޙަޟްރަތުން ފެންނަ ހުވަފެނުގައި ފެންނާނީ ހެޔޮކަންކަމެވެ. ހެޔޮ ނަޞޭޙަތްތަކެވެ. ހެޔޮ އިރުޝާދުތަކެވެ. އުފާވެރިކަމުގެ ޚަބަރުތަކެވެ. ބިރުގަނެ ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމެއް ނުފެންނާނެއެވެ. އިން ޝާ ﷲ

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން