ދެމަފިރިން އެއްދާންކުރަން ފެށިތަނާ ހުއްޓާލާފަދާން މަޖުބޫރުވާފަދަ ޙާލަތެއް ފިރިމީހާއަށް ކުރިމަތިވެއްޖެނަމަ ދިއުން ހުއްދަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދެމަފިރިން އެއްދާންކުރަން ފެށިތަނާ ހުއްޓާލާފަދާން މަޖުބޫރުވާފަދަ ޙާލަތެއް ފިރިމީހާއަށް ކުރިމަތިވެއްޖެނަމަ ދިއުން ހުއްދަވާނެތޯ؟

ދެމަފިރިން އެއްދާންކުރަން ފެށިތަނާ ވަރަށް ފޯނު ރިންގވާންފެށީމާ ބަލައިލިއިރު ގުޅަނީ ވަރަށް ގާތް މީހެކެވެ. ފޯނު ނެގުމުން ބުނީ ފިރިމީހާގެ މުދަލަށް ބައަކު ގެންލުންދެމުންދާ ކަމަށެވެ. އެޙާލަތުގައި ކޮންމެހެންދާން ޖެހޭތީ ކޯލަށް އިސްކަންދީ އެތަނަކަށް ފިރިމީހާ ދިއުން ހުއްދަވާނެތޯއެވެ؟ 

ކުރިމަތީގައި އޮތީ ދެމީހުންގެވެސް ދިރިއުޅުމާއި ގުޅިފައިވާ މުހިންމު މައްސަލައެކެވެ. އެތަނަށް ވަޤުތުން ދިއުމަށް ފިރިމީހާއަށް މަޖުބޫރުވެއެވެ. ނުގޮސް ލަސްވެއްޖެނަމަ ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިދާނެ ކަމެކެވެ. 

ޖަވާބު: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

ތިޔަ މައްސަލަ އަކީ ދެމަފިރިންގެ އަމިއްލަ މައްސަލަ އެކެވެ. ދީނާއި ގުޅުން ހުރި މައްސަލަ އެއް ނޫނެވެ. ދެމަފިރިން މަޝްވަރާ ކުރުމަށްފަހު ފެންނަ ގޮތަކަށް ކަންތައް ކުރީމާ ނިމުނީއެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން