ފިރިމީހާކަމަށްވުމުން އެއްވެސް ފަރާތަކަށް ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް ބުނީ ކާކު؟ އެވާހަކަ އޮތީ ކޮން ފޮތެއްގަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފިރިމީހާކަމަށްވުމުން އެއްވެސް ފަރާތަކަށް ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް ބުނީ ކާކު؟ އެވާހަކަ އޮތީ ކޮން ފޮތެއްގަ؟: މުފްތީ މެންކް

އެންމެ ފުރަތަމަ ބަލައިލަންވީ ޙަޔާތުގެ ބައިވެރިއަކު އިޚްތިޔާރުކުރުމުގައި ޢަމަލުކުރެވޭ ގޮތަށެވެ. މީހަކު ފެންނަނީއެވެ. ދެމީހުން ބައްދަލުކުރަނީއެވެ. ހިނިތުންވެލައި ވާހަކަކޮޅެއް ދައްކައިލަނީއެވެ. އެއަސްފަހު ދެން މި ސުވާލުކުރަނީ އޭނާ އާއި ކައިވެނި ނުކުރަންވީ ކީއްވެގެންހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އޭނާއަކީ މުސްލިމެއް ނަމަ ކައިވެނި ކުރެވިދާނެއެވެ. އެކަން މަނައެއް ނުކުރެއެވެ. ނަމަވެސް ކުރަންޖެހޭ ބައިވަރު ސުވާލުތައް އެބަހުއްޓެވެ. އޭނާގެ އަޚްލާޤާއި އޭނާ ﷲ ތަޢާލާއަށް ބިރުވެތިވާ ވަރާއި ކިޔަމަންތެރިވާވަރާއި ވާހަކަދައްކައި އުޅޭ ބަހުރުވައާއި ރާގު  ފަދަ އެތައް ކަމެކެވެ. 

އޭނާ އާއި ކައިވެނިކުރީއެވެ. ކައިވެނިކުރެވި އެކުގައި ދިރިއުޅެންފަށާއިރަށް ފިރިމީހާއަށް މިހީވަނީ ތިމާއަކީ ގޭގެ ވެރިޔާކަމަށެވެ. ބޭނުން ކޮންމެ ބަހެއް ބުނެވޭނެ ކަމަށާއި ބޭނުން ކޮންމެ ޢަމަލެއް ކުރެވޭނެ ކަމަށެވެ. އެންމެ ނުބައި ބަހުރުވައިން މުޚާޠަބްވެސް ކުރެވޭނެ ކަމަށެވެ. ތިމާ ޖަވާބުދާރީވާންޖެހޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. 

މިއީ ކޮންފަދަ ނުބައި ވިސްނުމެއް ހެއްޔެވެ؟ ފިރިމީހާ ކަމަށްވުމުން އެމީހަކު ކުރާ ކަންކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ނުޖެހޭނެކަމަށް ބުނީ ކާކުހެއްޔެވެ؟ އެކަން އޮތީ ކޮން އާޔަތެއްގައި ނުވަތަ ޙަދީޘްފުޅެއްގައި ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފިރިމީހާކަމަށްވީނަމަވެސް އަދި އެހެންމީހަކު ކަމުގައިވީނަމަވެސް އެމީހަކު ކުރި ކިތަންމެ ކުޑަ ޢަމަލަކަށްވެސް އަދި ބޮޑު ޢަމަލަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ޖެހޭނީ ހަމަ ޖަވާބުދާރީވާށެވެ! އެހެން މީހަކަށް އަނިޔާވެރިވެ ނުބައި ބަސްތައް ބުނެ ހިތުގައި ޖައްސުވާފައި ސަލާމަތެއް ނުވެވޭނެއެވެ. 

އަހަރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ އަޅުންނެވެ. ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ އެމީހަކު ކުޅަ ޢަމަލަކަށް ޛިންމާވާންޖެހޭނެ ގޮތަށެވެ. ވީމާ އެކަމުން އިސްތިސްނާވެގެންދާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން