ދުނިޔޭގަ ކިތަންމެ ބޮޑު އުފާވެރިކަމެއްގަ އުޅެވުނަސް އެންމެ ބޮޑަށް ފޭލްވި މީހަކީ އެމީހެއްގެ އަނބިދަރިން ގޮވައިގެން ސުވަރުގެ ނުވަދެވުނު މީހާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 41ސ
ދުނިޔޭގަ ކިތަންމެ ބޮޑު އުފާވެރިކަމެއްގަ އުޅެވުނަސް އެންމެ ބޮޑަށް ފޭލްވި މީހަކީ އެމީހެއްގެ އަނބިދަރިން ގޮވައިގެން ސުވަރުގެ ނުވަދެވުނު މީހާ!

ކާމިޔާބު ލިބިގެންވާ މީހަކީ އެމީހަކާ އެމީހާގެ އަނބިދަރިން ގޮވައިގެން ސުވަރުގެ ވަދެވުނު މީހެކެވެ!  

މިއީ ހަމައެކަކުވެސް ދެބަސްވާނެ ކަމެއް ނޫނެވެ. ނަމަވެސް ހިތާމައަކީ އެކަމަށް ކުރެވޭ މަސައްކަތްތައް މަދުވުމެވެ. ނުވަތަ މަސައްކަތް ކުރެވޭ މިންވަރު ކުޑަވުމެވެ.  

ﷲ ތައާލާ ވަޙީކުރައްވަވާފައިވެއެވެ.  

﴿قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنْفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ أَلَا ذَلِكَ هُوَ الْخُسْرَانُ الْمُبِينُ﴾ [الزمر: 15] 

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ ޤިޔާމަތް ދުވަހުން އެބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، އެބައިމީހުންގެ އަހުލުވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ."

ގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ އާޚިރަތް އިޞްލާޙުކުރުމަށްޓަކައި ހެޔޮ ޢަމަލުތައް ދެނެގަންނާށެވެ. އަދި ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލުކޮށް، ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް ވައްޓާނުލާށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿وَقُلِ اعْمَلُوا فَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ وَسَتُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ﴾ [التوبة: 105] 

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން ޢަމަލުކުރާށެވެ! ފަހެ، ތިއަބައިމީހުންގެ ޢަމަލުތައް ﷲ ދެކެވޮޑިގެންވާނެއެވެ. އަދި އެއިލާހުގެ ރަސޫލާވެސް މެއެވެ. އަދި މުއުމިންތަކުންވެސް މެއެވެ. އަދި ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހުގެ ޙަޟްރަތުން ތިޔަބައިމީހުން ރައްދުކުރައްވާ ހުށްޓެވެ. ދެން ތިއަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޚަބަރު ތިއަބައިމީހުންނަށް އެއިލާހު އަންގަވާނެއެވެ." 

އަދި އެއިލާހު ވަޙީކުރެއްވިއެވެ. 

﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ﴾ [محمد: 33] 

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިއަބައިމީހުންގެ ޢަމަލުތައް ތިއަބައިމީހުން ބާޠިލު ނުކުރާހުށިކަމެވެ!" 

الشيخ علي بن عبد الرحمن الحذيفي - حفظه الله

މިއަދު އޮންލައިން