ދުނިޔަވީ ބޭނުންތައް ހިފައިގެން މިސްކިތަށް އަރައިގެން ހޯދޭނެ ފައިދާއެއް ނެތް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ދުނިޔަވީ ބޭނުންތައް ހިފައިގެން މިސްކިތަށް އަރައިގެން ހޯދޭނެ ފައިދާއެއް ނެތް-!

ދިރިއުޅުމުގެ ޛިންމާ ފުރިހަަމގޮތުގައި އުފުލާ ކޮންމެ މީހަކީވެސް މިއަދު ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެކެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރާ މީހަކު ނަމަވެސް، ނުކުރެވި ކިތަންމެ ގިނ ކަންތައްތަކެއް ހުރިނަމަވެސް މިސކިތަށް އަރަންވާނީ، ނަމާދަށް ފަށަންވާނީ އެހުރިހާ ކަންކަން ތިމާއާއި ވަކިކޮށްލުމަށްފަހު ސިކުނޑި މިނިވަންކޮށްގެންނެވެ. 

މިސްކިތަށް އަރަމުން އަހަރެމެންގެ ފައިވާން ބާލައި ބޭރުގައި ބަހައްޓަމު ނޫން ހެއްޔެވެ؟ އެހިސާބުން ދުނިޔޭގެ ބޭނުންތައްވެސް ހިތާއި ވަކިކޮށް މިސްކިތުން ބޭރުގައި ބަހައްޓާށެވެ. ދުނިޔޭގެ ބޭނުންތައް ހިފައިގެން މިސްކިތަށް އަރާ މީހާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ މިދުނިޔެވެސް އެދުނިޔެވެސް ނުލިބޭނެތީއެވެ. 

އެއީ ދުނިޔޭގެ ބޭނުންތައް ހިފައިގެން މިސްކިތަށް މީހަކަށް އޭނާގެ ނަމާދު ފުރިހަމައެއް ނުކުރެވޭނެއެވެ! ﷲ ތަޢާލާއަށް އަޅުކަންކުރުން ފިޔަވައި ދުނިޔަވީ އަމިއްލަ އެދުންތައް ހިފައިގެން މިސްކިތަށް އެރުމުން ނަމާދުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނަމާދު ނުކުރެވޭނެތީއެވެ! 

ވީމާ ފުރަތަމަކަމަކަށް ނަމާދު ފުރިހަމަކޮށް ޛިކުރުތައް ކިޔައި ސުންނަތްވެސް ކުރާށެވެ! އެއަށްފަހު ތިމާ ބޭނުންވާ ކަންކަމުގެ ވާހަކަތައް ދަންނަވައި ދުޢާކުރާށެވެ! އެއިރުން އެމީހާގެ ބޭނުންތައް ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ   

ދެން އޮތީ ނަމާދުން ބޭރުގައި ވަގުތުހޭދަކުރާގޮތާއި ކުރާ ކަންކަމެވެ. ނިކަން ބުނެބަލާށެވެ!  މިތަނުގައި ތމިތިބަ މީހުންގެ ތެރެއިން ނަމާދުން ބޭރުގައި މިއަދު ކިތައް މީހުން ﷲ ތައާލާއަށް ޛިކްރު ކުރިންހެއްޔެވެ؟ 

ﷲ ތައާލާގެ މަތިން ގިނަގިނައިން ހަނދުމަކޮށް ޛިކްރް ނުކުރާ މީހަކު ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ ޛިކްރް ކުރުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. މިސާލަކަށް : 

سُبْحَانَ اللَّهِ  وبِحَمْدِهِ  سُبْحَانَ اللَّهِ الْعَظِيمِ މިދެކަލިމައަށް ވިސްނައިލާށެވެ. ދޫމައްޗަށް ކިހައި ފަސޭހަ ހެއްޔެވެ؟ ނަމަވެސް މިއީ މީޒާނުގައި އިންތިހާއަށް ބުރަ ދެ ކަލިކަމަށް ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ދޫމައްޗަށް ނުހަނު ފަސޭހަ މިފަދަ މަތިވެރި އެތައްބައިވަރު ޛިކުރުތައް ސުންނަތުން އެނގެން އޮތްއިރު، އަދި ދަސްކޮށްގެން ތިބެމެ ޢަމަލު ނުކުރީމާ ޤިޔާމަތްދުވަހު ކުރާނީ ކޮން ފައިޑާއެއް ހެއްޔެވެ؟ ޢުމުރުގެ ކުރުކަން ވޒަންކޮށް ހެޔޮ ޢަމަލުތައްކުރުން ގިނަކުރާށެވެ!

 

- އިސްލާމީ ތިލަފަތު ގެދަރުސަކުން

 

 

މިއަދު އޮންލައިން