އަނބިމީހާހިލޭ ފިރިހެނަކާއެކު ޒިނޭ ކުރިކަމަށް ސާފުބަހުން ފިރިމީހާގެ ކުރިމަތީގައި އިޢުތިރާފުވެއްޖެ ނަމަ، އެކައިވެނީ އެހިސާބުން ރޫޅި ވަރިވެއްޖެ ކަމުގައި ޝައިޚަކު ވިދާޅުވާތީ އެކަމުގައި ތިބޭފުޅުންގެ ފަތުވާ އަކީ ކޮބައިތޯ އެވެ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ތެދުވެރި ތައުބާއަކުން ތައުބާވެ، އުޅުން އިސްލާހު ކޮށްފި ނަމަ އޭނާއާއި އެކުގައި ދިރިއުޅުން ކުރިއަށް ގެންދިޔުން ރަނގަޅެވެ. އެހެން ނޫންނަމަ ވަގުތުން އޭނާގެ ދިރިއުޅުމާއި ދުރުހެލިވާން ޖެހޭނެއެވެ. ޒިނޭ ކުރާ ފިރިހެނުންނާއި ޒިނޭކުރާ އަންހެނުންނާއި ކައިވެނި ކޮށްގެން އުޅުމަކީ ޢިތްފަތްތެރި ފިރިހެނުންނާއި އަންހެނުންނަށް ހުއްދަ ކަމެއް ނޫނެވެ.
މާތް ﷲ ވަހީކުރައްވާފައިވެއެވެ.
{{ الزَّانِي لا يَنْكِحُ إلا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لا يَنْكِحُهَا إِلا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَلِكَ عَلَى الْمُؤْمِنِينَ}}النور 3. މާނައަކީ: "ޒިނޭކުރާ ފިރިހެނަކު ޒިނޭކުރާ އަންހެނަކާއި މެނުވީ ކައިވެންޏެއް ނުކުރާނެއެވެ. އަދި ޒިނޭކުރާ އަންހެނަކާއި ކައިވެނި ކުރާނީ ޒިނޭކުރާ ފިރިހެނެކެވެ. ޒިނޭކުރާ މީހުންނާއި އިނުމަކީ މުއުމިނުންގެ މައްޗަށް ހަރާމް ކުރެވިގެންވާކަމެކެވެ."
މިއާޔަތުން ސަރީހަކޮށް އަންގައިދޭ މާނައަކީ: ޒިނޭކުރާ އަންހެނުންނާއި ނުވަތަ ޒިނޭކުރާ ފިރިހެނުންނާއި ކައިވެނި ކުރުމަކީ މުއުމިނުންނަށް ހަލާލުވެގެންވާ ކަމެއް ނޫންކަމެވެ. ނަމަވެސް ތައުބާ ވެއްޖެނަމަ އެފަދަ މީހަކާއި ކައިވެނި ކުރުމާއި އެފަދަ މީހެއްގެ ކައިވެނީގައި ހުރުމަކީ ނުވަތަ ބެހެއްޓުމަކީ ހުއްދަ ކަމެކެވެ. މިފަދައިން ابن كثير އެބޭފުޅާގެ تفسير (6 / 9) ގައި ވިދާޅުވެފައިވެއެވެ. والله أعلم
(އެމް ވީ އިސްލާމް ކިޔޫ އޭ އިން ނަގާފައި)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް