ލަހުން ނިދޭކަން އެއީ ފަތިސްނަމާދަށް ހޭލަން ނުޖެހޭ ސަބަބަކަށް ނުހެދޭނެ! އެއީ ކޮންމެ ދުވަހަކު ޤަޟާކުރަން އޮތް ނަމާދެއް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ލަހުން ނިދޭކަން އެއީ ފަތިސްނަމާދަށް ހޭލަން ނުޖެހޭ ސަބަބަކަށް ނުހެދޭނެ! އެއީ ކޮންމެ ދުވަހަކު ޤަޟާކުރަން އޮތް ނަމާދެއް ނޫން!: މުފްތީ މެންކް

ބައެއް މީހުންނަށް ވިސްނެނީ އެމީހުންނަށް ލަހުން ނިދޭތީ ނުވަތަ ލަހުން ނިދާތީ ފަތިހުގެ ނިދި މާމުހިންމުކަމަށެވެ. ހޭލެވުނު އިރަކުން ފަތިސްނަމާދު ޤަޟާކޮށްލުމުން ފުދޭނެ ކަމަށެވެ. ނަމަވެސް މިއީ ވަރަށް ނުބައިކަން ބޮޑު ކުށްހީއެކެވެ.  

އެހެނީ ފަތިސްނަމާދަކީ ކޮންމެ ދުވަހަކު ޤަޟާކުރަން އޮތް ނަމާދެއް ނޫނެވެ. ފަތިސްނަމާދު ވެސް އެހެން ނަމާދުތައްވެސް ޤަޟާކުރަން އޮތީ ސަބަބެއް މެދުވެރިވެގެން އެނަމާދުގެ ވަޤުތުގައި ނުކުރެވިއްޖެ ނަމައެވެ. ކޮންމެ ދުވަހަކު އެއް ސަބަބެއް މެދުވެރިވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އޮތީ އެސަބަބު ނައްތައިލުމެވެ.  

ހަމައެއާއިއެކު ވިސްނާލަންވި ކަމަކީ ﷲ ތަޢާލާއީ އެންމެހައި މަތިވެރިކަން ލިބިވޮޑިގެންވާ ކަލާނގެކަމަށް ދުވާލަކު 5 ވަޤުތުގައި ގޮވައިލެވޭ ކަމެވެ. އަދި ނަމާދުކޮށް ކާމިޔާބީ އާއި ފަލާޙް ލިބިގަތުމަށްޓަކައި ނަމާދުކުރުމަށް 5 ފހަރު ގޮވައިލެވޭ ކަމެވެ.  

އެކަން އެގޮތަށް ލައްވަވާފައި އެވަނީވެސް ވަރަށް ބޮޑު ޙިކުމަތަކަށެވެ. އެއީ ގިނަގިނައިން މީސްތަކުންނަށް ހަނދުމަކޮށް ދެއްވެވުމަށެވެ. ވީމާ ފަތިސްވަޤުތު ވުމުން ވިސްނަންވީ ނިދިހުރިވަރަށާއި ބާކީ އޮތް ނިދިކޮޅުގެ މުހިންމުކަމާއިމެދަކު ނޫނެވެ. ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވެ އަވަހަށް ފަތިސްނަމާދުކުރުމަށެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން