ގެއްލުނު ރޯދައިގެ އަދަދާއިމެދު ޝައްކުވެއްޖެނަމަ ޤަޟާކުރުމުގަ ޢަމަލުކުރަންވީ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ގެއްލުނު ރޯދައިގެ އަދަދާއިމެދު ޝައްކުވެއްޖެނަމަ ޤަޟާކުރުމުގަ ޢަމަލުކުރަންވީ ގޮތް-

ޤަޟާކުރުން ވާޖިބުވެފައިވާ ރޯދަތަކުގެ ޢަދަދާމެދު ޝައްކުވެއްޖެނަމަ ފަހެ އޭނާ ހިފާނީ އޭގެ މަދުމިންވަރެވެ. މިޘާލަކަށް އަންހެނަކު ނުވަތަ ފިރިހެނަކުވިޔަސް، ތިން ރޯދަތޯ ނުވަތަ ހަތަރުރޯދަތޯ ހިފަންޖެހިފައިވަނީ ޝައްކުވާނަމަ ފަހެ އޭނާ އެތަނުން ޤަޟާކުރާނީ މަދުމިންވަރެވެ.[ތިން ރޯދައެވެ.] އެހެނީ އެއީ ޔަޤީންވެގެންވާ މިންވަރެވެ. އެއަށްވުރެ އިތުރުވެފައިވާ މިންވަރަކީ އެއީ ޝައްކުވެފައިވާ މިންވަރެވެ. އަޞްލަކީ އޭނާގެ ޛިންމާ ބަރީއަވެގެންވުމެވެ.

އެހެނަސް އެންމެ ރައްކާތެރިގޮތަކީ އޭނާއަށް އެ ޝައްކުވެފައިވާ ދުވަހުގެ ރޯދަވެސް ޤަޟާގެ ގޮތުގައި ހިފުމެވެ. އެހެނީ:

– އެދުވަހަކީ އޭނާ ރޯދަހިފުން ވާޖިބު ދުވަހެއްނަމަ އޭނާގެ ޛިންމާއިން އެބަރީއަވީއެވެ.

– އޭނާގެ މައްޗަށް އެރޯދަ ވާޖިބުނޫންނަމަ އެވެގެންދާނީ ސުންނަތް ރޯދައަކަށެވެ.

އިޙްސާންތެރީންގެ އަޖުރު ﷲ ތަޢާލާ ބާޠިލުނުކުރައްވާނެއެވެ.

 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން – رحمه الله –

"فتاوى نور على الدرب"

މިއަދު އޮންލައިން