ބިރުވެތިވޭ! މޫޑީވާތީ ނަމާދުކުރަން ފަސްޖެހޭ މީހާގެ މޫޑް ދުވަހަކުވެސް ރަނގަޅު ނުވެދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބިރުވެތިވޭ! މޫޑީވާތީ ނަމާދުކުރަން ފަސްޖެހޭ މީހާގެ މޫޑް ދުވަހަކުވެސް ރަނގަޅު ނުވެދާނެ!: މުފްތީ މެންކް

ބައެއް މީހުންނަށް ހިތްދަތިކަން ލިބުމުން ނުވަތަ ތަކްލީފެއް އުފުލަންޖެހުމުން މީސްތަކުންނާއި ވާހަކަދެއްކުން ހުއްޓާލައެވެ. އެކަހެރިވެ އުޅެން ފަށައެވެ. އެއީ އެގޮތަށް ކަންކަން ކުރުމުން އެމީހަކަސް ހިތްހަމަޖެހުން ލިބޭތީއެވެ. 

އެފަދަ މީހުންނަށް ބުނެލަން އޮތީ ކިތަންމެ ބޮޑު ހިތްދަތިކަމެއްގައި އުޅެންޖެހުނަސް، ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނަސް ދުރުނުވެވޭނެ އެއް ކަމެއް ވެއެވެ. އެއީ ތިބާގެ ނަމާދެވެ. ފިރިހެނަކު ނަމަ މިސްކިތަށްގޮސް ޖަމާޢަތުގައި ނަމާދުކުރުމެވެ. އަންހެނަކު ނަމަ ގޭގައި ނަމާދުކުރަން އަވަސްވެގަތުމެވެ. 

ދެންވެސް މިބުނެދެނީ އެގޮތަށް އެކަންކުރަންޖެހޭ ސަބަބެވެ. އެ ސަބަބަކީ ބަންގީގައިގޮވައިލެވޭ ގޮވާލެވުމެވެ. "ކާމިޔާބުލިބިގަތުމަށް އަންނާށެވެ!" ތިބާއަށް ކުރިމަތިވެފައިވާ ހުރިހާ ކަމަކަށް ކާމިޔާބު ދެއްވެވޭނެ ހަމައެކަނި ފަރާތުން އެއަންގަވަނީ ކާމިޔާބުލިބުމަށްޓަކައި އަވަހަށް އައިސް ނަމާދު ކުރުމަށެވެ. 

އެހެންކަމަށްވާއިރު އެކަން އެގޮތަށ ނުކޮށް ކާމިޔާބު ލިބިގަނެވޭނީ ކިހިނަކުން ހެއްޔެވެ؟ ވީމާ ކިތަންމެ ބޮޑު، ކިތަންމެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވީ ނަމަވެސް ނަމާދަށް ފަރުވާކުޑަނުކުރާށެވެ. 

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. "މިވަޤުތު މޫޑެއް ނެތެވެ. ގައަކު ވަރެއް ނެތެވެ. ފަހުން ނަމާދުކޮށްލާނީއެވެ." މިހިރީ ހައްތާވެސް ޝައިޠޯނާގެ ކިބައިން އަންނަ ވަސްވާސްތަކެވެ. ނަމަނަމަ މިފަދަ މަޅިތަކުގައި ނުޖެހޭށެވެ. ހިތްވަރުކޮށްފައި ނަމާދުކުރަން މަސައްކަތްކުރާ މީހާއަށް އެކަމަށް ﷲ ތަޢާލާ ހިތްވަރުދެއްވަވާނެތެވެ. އިން ޝާ ﷲ 

އަދިވެސް ބުނެލާނަމެވެ! މޫޑާއި ގުޅުވައިގެން ނަމާދުކުރަން ފަސްޖެހޭ މީހާގެ މޫޑު ދުވަހަކުވެސް ރަނގަޅުނުވެދާނެއެވެ. އެހެނީ ތިއަބުނާ ރަނގަޅުވާން އޮތީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. އެކަލާނގެ އެމީހަކު އެހާލަތުން ސަލާމްތަކޮށްދެއްވެވުމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން