ބައިވެރިޔާގެ ކިބައިން ލޯތްބާ އަޅާލުން ހޯދަން ނަމަވެސް އެމީހަކަށް އެނގޭ ބަހަކުން ދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ބައިވެރިޔާގެ ކިބައިން ލޯތްބާ އަޅާލުން ހޯދަން ނަމަވެސް އެމީހަކަށް އެނގޭ ބަހަކުން ދުޢާކުރާށެވެ!

އަޅުގަނޑުގެ ފިރިމިހާގެފަރާތުން އެއްވެސްއަޅާލުމެއް ނުލިބޭ. އަޅުގަނޑު ބޭނުން ހެޔޮގޮތުގައި ދިރިއުޅުން ކުރިއަންގެންދަން. ފިރިމިހާގެ ލޯތްބާއަޅާލުން ހޯދުމަށްޓަކައި އަޅުގަނޑުކުރާނޭ ރަނގަޅު ދުޢާއެއް ބުނެދެއްވާފާނަންތޯ؟ 

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ކޮންމެކަމަކަށް އެދި ނަމަވެސް ދުޢާ ކުރުމަކީ އިސްލާމްދީނުގައި އައިސްފައިވާކަމެކެވެ. ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِي فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ) البقرة/186. 

މާނައީ: "އަދި ތިމަން ﷲ ގެ ރަސްކަންފުޅާމެދު ކަލޭގެފާނުގެއަރިހުން ތިމަން ﷲ ގެ އަޅުތަކުން ސުވާލު ދަންނަވައިފިނަމަ، ފަހެ ތިމަން ﷲ އީކުއްތަންވެވޮޑިގެންވާ (ގާތުގައި ވޮޑިގެންވާ) ރަސްކަލާންގެއެވެ. ތިމަން ﷲގެ ކިބައަށް ދުޢާކޮށްފިނަމަ ދުޢާކުރާމީހާގެދުޢާ ތިމަން ﷲއިޖާބަކުރައްވަމެވެ".

އެހެންކަމުން އެމީހަކު ބޭނުން ކޮންމެ ކަމަކަށް އެދި ދަންނަވަންވީއެވެ. ދިވެހި ބަހުންދެންނެވި ނަމަވެސް، އެހެންބަހަކުން ދެންނެވިނަމަވެސް ﷲ މޮޅަށްދެނެވޮޑިގެންވެއެވެ. ޢަރަބި ބަހުން ދުޢާ ކުރުން ލާޒިމެއް ނޫނެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން