ޔާޖޫޖު މާޖޫޖު ބާގައިގެ މީޙުންނަކީ ވެސް އިންސާނުންތަ؟ އެމީހުން ފައުޅުވާނީ ކޮންތަނަކުން؟ އެމީހުން ފާޅުވުމަކީ ދުނިޔޭގެ ނިމުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޔާޖޫޖު މާޖޫޖު ބާގައިގެ މީޙުންނަކީ ވެސް އިންސާނުންތަ؟ އެމީހުން ފައުޅުވާނީ ކޮންތަނަކުން؟ އެމީހުން ފާޅުވުމަކީ ދުނިޔޭގެ ނިމުންތަ؟

މިހައިތަނަށް ކުރެވިފައިވާ ގިނަ ރިސާޗްތަކަށް ބައްލަވައި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޔާޖޫޖް މާޖޫޖްބާގައިގެ މީހުން ދުނިޔެއަށް ނުކުތުން ހުރަސް އެޅޭނެ ގޮތަށް ކަހްފި ސޫރަތުގައިވާ ފަދައިން ޛުލްޤަރުނައިނި ލައްވަވައި ދެއްވެވި ބޮޑުފާރު ވަނީ ކިރިކިސްތާނުގެ ސަރަހައްދެއްގައެވެ. 

އެމީހުން ކޮންމެ ދުވަހަކު ގެންދަނީ އެފާރު ވައްޓާލުމަށްޓަކައި ކޮންނަމުންނެވެ. ކޮންމެ ދުވަހަކު ކޮންނަތަންވެސް އަނެއް ދުވަސްވާއިރު ﷲ ތަޢާލާ ފުރުއްވަވައި ލައްވަވަނީއެވެ. ނަމަވެސް ޤިޔާަތް ގާތްވުމުން އެމީހުންނަށް މިނިވަންވި ނުކުތުމުގެ ފުރުޞަތު ﷲ ތައާލާ ދެއްވަވާނެތެވެ! 

އެމީހުން މަރުވެހުސްވެގެންދާނީ ޢީސާގެފާނު އެކަމަށް އެދިވަޑައިގެން ދުޢާޢާކުރެއްވެވުމުންނެވެ! 

ފަހުޒަމާނުގައި ފައުޅުވާނެ ކަންފަތްބާގައިގެ މީހުން ނުވަތަ ޔާޖޫޖު މާޖޫޖު ބާއިގެ މީހުންނަކީ އިންސާނުންގެތެރެއިން ހިމެނިގެންވާ ބައަކު ކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. އަދި އެމީހުންނާއި ޔަހޫދީންނާއި އެއްވެސް ގުޅުމެއް ވޭތޯ ވެސް ބައެއް މީހުން ސުވާލުކުރެއެވެ. 

الإمام النووي  رحمه الله ވިދާޅުވެފައިވެއެވެ. ”ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި އެބައިމީހުންނަކީ (އެބަހީ: يأجوج مأجوج ބާގާ ގެ މީހުންނަކީ) އާދަމު عليه السلام ގެ ދަރިންނެވެ. 

އަދި  ابن عبد البر رحمه الله ވިދާޅުވެފައިވެއެވެ. އެބައިމީހުންނަކީ  يافث بن نوح عليه السلام ގެ ދަރިކޮޅު ބައެއްކަމަށް އިޖުމާޢު ނަގުލުވެގެން ނެއެވެ. 

والله أعلم

 

 

 

 

މިއަދު އޮންލައިން