ތައުބާވުމުގެ ކުރިން ކުރެވުނު ފާފަތަކާމެދު ވިސްނާ މީހަކަށް ޑިޕްރެޝަނުން ސަލާމަތެއް ނުވެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ތައުބާވުމުގެ ކުރިން ކުރެވުނު ފާފަތަކާމެދު ވިސްނާ މީހަކަށް ޑިޕްރެޝަނުން ސަލާމަތެއް ނުވެވޭނެ!: މުފްތީ މެންކް

ފުރަތަމަ ބަލައިލަންވީ ޞަޙާބީންނަށެވެ. އެބޭކަލުންނަކީ ކުރިން ބުދުތަކަށާއި ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންނަށް އަޅުކަންކޮށް އުޅެއްވެވި ބޭކަލުންނެވެ. އެބޭކަލުން އިސްލާންވެވަޑައިގެން ތައުބާވެވަޑައިގަތުމަށްފަހު އެބޭކަލުންނަށް މާޒީގައި ކުރެއްވެވިފައިވާ ފާފަތަކާއިމެދު ކަންބޮޑުވެވަޑައިގެން ނުއުޅުއްވަވައެވެ. އެބޭކަލުން އެކަންކަމުގެ ވާހަކަތައް ދައްކަވައި އުޅުއްވެވީ ކުރެއްވެވިފައިވާ މޮޔަ ކަންކަމުގެ ގޮތުގައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިތަންމެ ގިނައިން، ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމަށްފަހު ކުރިން ކުރެވުނު ފާފައެއްގެ ވާހަކަ ނުދައްކާށެވެ. އެންމެ މަޤްޞަދެއްގައި ނޫން ގޮތަކަށެވެ. އެ މަޤްޞަދަކަށް ވާންޖެހޭނީ ތިބާއަކީ ކުރިން ބޮޑެތި ފާފަތައް ކުރެވުނު މީހެއްކަމަށާއި ނަމަވެސް މިހާރު މިހުރީ ތައުބާވެ ތައުބާގެމަތީގައިކަން މީސްތަކުންނަށް ބުނެދީ ތިބާފަދަ މީހަކަށްވުމަށް މީސްތަކުންނަށް ހިތްވަރުދިނުމަށެވެ. 

ދެން އޮތީ ތައުބާގެ މަތީގައި ޘާބިތުވާން ކުރަންވީ ކޮންކަމެއް ކަމާއިމެދު ވިސްނައިލުމެވެ. އެކަންވެސް ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. އެއީ ކެތްތެރިވާން މަސައްކަތްކުރުމާއި ނަމާދުކުރުމުން ވާގިއެދުމެވެ. ޔަޤީންކުރާށެވެ! ފަރުޟު 5 ނަމާދަށް ފުރިހަމަ ގޮތުގައި ރައްކައުތެރިވެ ޖަމާޢަތުގައި ނަމާދުކުރަން މަސައްކަތްކުރާ މީހަކަށް އެމީހަކު އެދޭ ކޮންމެ ކަމަކަށް މަގުދައްކަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

ހަނދާންކުރާށެވެ! ކުރެވިފައިވާ ފާފަތަކާއިމެދު ވިސްނާ މީހަކަށް ޑިޕްރެޝަނުން ސަލާމަތެއް ނުވެވޭނެއެވެ. އަބަދުވެސް ހުންނަން ޖެހޭނީ އެކަމުގެ ކަންބޮޑުވުމުގެ ތެރޭގައެވެ. ފުރިހަމަ ގޮތުގައި ނަމާދުކުރަންވެސް އުނދަގޫވާނެއެވެ. 

ވީމާ ތައުބާވުމަށްފަހު މާޒީގެމަތިން ހަނދުމަނެތިކޮށްލާށެވެ! ލިބުނު ފުރުޞަތުގެ ބޭނުން ހިފައި ޖަންނަތުލްފިރްދައުސް ހޯދަންކުރާ މަސައްކަތް އިތުރުކުރާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން