ކޮންމެ ދުވަހަކުވެސް ސުވަރުގޭގައި ތިބާގެ ދަރަޖަ އުފުލިގެންދިއުމަށް ކުރަންވީ ޢަމަލު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކޮންމެ ދުވަހަކުވެސް ސުވަރުގޭގައި ތިބާގެ ދަރަޖަ އުފުލިގެންދިއުމަށް ކުރަންވީ ޢަމަލު-: މުފްތީ މެންކް

ކޮންމެ މަންމައަކުވެސް ދަރިއަކު ވިހަނީ 9 މަސްދުވަސްވަންދެން ގަދަފަދަ ވޭންތަކެއް އިޙްޞާޞްކޮށްފައެވެ. ވިހެއުމުގައި އަޅާ ވޭނުގެ ގަދަކަމުން އެއިގެ މިންވަރު އަދިވެސް އެއުޅެނީ ސައިންސްވެރިންނަށްވެސް ނުހޯދިގެންނެވެ. ބުނެދޭން ނުއެނގިގެންނެވެ. 

އެކަމަކު ތިބާ ވިހެއި ދަރިން މިއަދު ތިބީ ބޮޑެތިވެފައެވެ. އެކުދިން ތިބާ އާއިމެދު ކަންކަން ކޮށްދެމުން ގެންދަނީ ވަރަށް ރަނގަޅަށެވެ. ތިބާ ބަހައްޓަނީ ވަރަށް އުފަލުގައެވެ. 

އަހުރެންގެ ސުވާލަކީ ތިބާގެ ދަރިން މިއަދު ފެނުމުން ނުވަތަ ދަރިންނާއި ބައްދަލުވުމުން އެދަރިފުޅަށް ބަލިވެ އިނދެ އެޅި ގަދަފަދަ ވޭންތަކުގެ ވާހަކަދައްކައި ނުވަތަ ދަރިފުޅު ގެންގުޅެ ބޮޑުކުރަން ކުރި މަސައްކަތުގެ ވާހަކަތައް ދައްކާފައި ރޯނީ ހެއްޔެވެ؟ ނޫންނަމަ އެދަރިފުޅުގެ ކިބައިން ލިބެމުންދާ އުފާވެރިކަމުގެ ހަނދާންކޮށް ހިނިތުންވެ ޝުކުރުވެރިވާނީ ހެއްޔެވެ؟ 

ފުރިހަމަ ގޮތުގައި ތައުބާވުމަށްފަހުގައިވެސް ކަންކަން އޮތީ ހަމަ މިމަގުންނެވެ. މާޒީގައި ކުރެވިފައިވާ ފާތަކާއިމެދު ވިސްނައި ކަންބޮޑުވެ ހިތާމަކުރުމެއް ނެތެވެ. އޮތީ ތައުބާ ވެވުނުކަމަށްޓަކައި އުފާކުރުމެވެ. ތައުބާގެ މަތީގައި ޘާބިތުވެ ހުންނަން ގަދައަޅައި މަސައްކަތް ކުރުމެވެ. 

އެންމެ ފަހަރަކު ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވެވުމުން އެއޮތީ އެކަންކަން ނިމިފައެވެ. ޔަޤީންކުރަންވީ ފާފަތައް ފުއްސަވައިދެއްވަވައިފިކަމެވެ. އެއަށްފަހު ފާފަފުއްސަވައިދެއްވެވުން އެދި ގިނަގިނައިން އަސްތަޣްފާރުކުރަންވީ ފާފަތައް ފުއްސަވައި ނުދެއްވަވާ ކަމަށް ޝައްކުކޮށްގެނެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ އުފުލިގެން ދިއުން އެދިގެންނެވެ. ދުވާލަކު 100 ފަހަރު އަސްތަޣްފާރުކުރަންވީ ތިމާގެ ދަރަޖަ އެކަމަށް އެދިގެންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން