ދީނީގޮތުން މިޔުޒިކް އަޑުއެހުމަކީ ކޮންކަހަލަކަމެއްތޯ؟ 1

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 31ސ
ދީނީގޮތުން މިޔުޒިކް އަޑުއެހުމަކީ ކޮންކަހަލަކަމެއްތޯ؟ 1

الحمد لله وحده، والصلاة والسلام على من لا نبي بعده. 

ތިމާގެ ހަވާނަފްސާއި އެއްގޮތަށް، އެއްވެސް ދަލީލެއްގެ މައްޗަށް ބިނާނުކޮށް ދީނުގައި ހުއްދައް ކަމެއް ޙަރާމްކުރުން، ނުވަތަ ޙަރާމްކަމެއް ހުއްދައްކުރުން މިއީ އެއްވެސް މީހެއްގެ މައްޗަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

(وَلاَ تَقُولُواْ لِمَا تَصِفُأَلْسِنَتُكُمُ الْكَذِبَ هَذَا حَلاَلٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَىاللّهِ الْكَذِبَ) (النحل:116) 

މާނައީ: "މާތް ﷲއާއިމެދެ، ދޮގުތައް އުފައްދައިގެން ހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ސިފަކޮށްދައްކާ ދޮގުތަކާއިމެދެ، މިއީ ޙަލާލު އެއްޗެކޭ، މިއީ ޙަރާމްއެއްޗެއްކޭ،(ނުވަތަ ކަމެކޭ) މިހެން ކިޔައި ނުއުޅޫށެވެ! " ވީމާ ކަނޑައެޅިގެން ޤުރުއާނާ ޙަދީޘުން ޙަރާމް ކަމެއްކަން އެނގޭ ކަމެއްގައި ޙަލާލޭ ބުނާމީހަކު އެކަމަށް ޙުއްޖަތް ދައްކަން ޖެހޭނެއެވެ. ހަވާނަފުސަށް ތަބަޢަވެ މިވެނިކަމެއް ޙަލާލޭ އެވެނި ކަމެއް ޙަރާމޭ ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ސަބަބަކީ ކަންތައް ޙަލާލުކުރައްވާ، ޙަރާމް ކުރައްވާ ފަރާތަކީ ހަމައެކަނި އެއްކައުވަންތަ ﷲ އެވެ. 

އެގޮތުން ސުވާލުގައި ވިދާޅުވެފައިވާ ލަވަޔާއި މިއުޒިކުގެ ޙުކުމާ ބެހޭގޮތުން ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާގެ ޙަދީޘްފުޅުތަކާއި އަދި މިއުއްމަތުގެ އިސްވެ ގޮސްފައިވާ ދަންނަބޭކަލުންނާ ފަހުގެ ދަންނަ ބޭކަލުންގެބަސްފުޅުތައް މިތަނުގައި ބަޔާންކޮށްދޭނަމެވެ. 

ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ލަވަޔާ މިއުޒިކް ޙަރާމް ކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. އެގޮތުން އެންމެ މަޝްހޫރު އާޔަތަކީ ލުޤްމާން ސޫރަތުގެ ހަވަނަ އާޔަތެވެ. ﷲ ވަޙީކުރައްވާފައިވަނީ: وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ[لقمان:6] މާނައީ " އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އަބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ." އަދި އިމާމް އިބްނި ކަޘީރު ރަޙިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އިބްން މަސްޢޫދު ރަޟިޔަﷲ ޢަންހު މިއާޔަތާއި މެދުވިދާޅުވެއެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ލަވައެވެ. އަދިވެސް މިފަދައިން ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި އިބްނު ޢައްބާސާއި، މުޖާހިދާއި، ޘައުރީ އާއި މަކްޙޫލް ރަޟިޔަﷲ ޢަންހުމް ފަދަބޭފުޅުން ހިމެނެއެވެ. 

އަދިވެސް އެކަލާނގެ އަލް އިސްރާ ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ. وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ[الإسراء:64] މާނައީ " އަދި އެބައިމީހުންގެތެރެއިން، ކަލެއަށް (ޝައިޠާނާއަށް) ކުޅަދާނަވީބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވާ ހެއްލުން ތެރިކުރާށެވެ! " ތަފްސީރު ޢިލްމުވެރިންގެތެރެއިން އިބްނު ކަޘީރާއި އިބްނު ޖަރީރް ރަޙިމަހުމުﷲ ފަދަބޭފުޅުން ވިދާޅުވަނީ އެތަނުގައި ޝައިޠާނާގެ އަޑޭ އެވާ ބަހުގެ މުރާދަކީ ލަވައެވެ. މިފަދަ އެތައް އާޔަތަކުން ޢިލްމުވެރިން އިސްތިދްލާލު ކުރައްވައެވެ. 

ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކަށް ބަލާލާއިރު މިކަމަށް ދަލީލުކޮށްދޭ ބަސްފުޅުތައް ނުހަނު ގިނަ ގުނައެވެ. އެގޮތުން ކޮންމެވެސް ވަރެއް ބަޔާންކޮށްލާނަމެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ.)) 

ليكونن من أمتي أقوام يستحلون الحروالحرير والخمر والمعازف(((رواهالبخاريفي صحيحهمعلقاً بصيغة الجزم)  

މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކުމީހުން އަންނާނެއެވެ. އެމީހުން ޒިނޭއާއި، ފަށުވިފޭރާމާއި (ފިރިހެނުންނަށް)، ރަލާއި، އަދި މިއުޒިކު ސާމާނު ހުއްދަކުރާނެއެވެ" 

)) صوتان ملعونان في الدنيا والآخرةمزمار عند نعمة، ورنة عندمصيب(((روىالبزارفي مسنده،صححهالألبانيفي تحريمآلات الطرب) 

މާނަޔަކީ: " ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލެއްވިގެންވާ ދެއަޑެއް ވެއެވެ. އެއީ ނިޢުމަތެއް (އުފާވެރިކަމެއް) ލިބޭހިނދު އިވޭ އަޑަކާއި ، މުޞީބާތެއް (ހިތާމައެއް) ލިބޭހިނދު އިވޭއަޑެކެވެ. " 

ޢިލްމުވެރިން ވިދާޅުވާގޮތުންނަމަ، އުފާވެރިކަމެއް ދިމާވާހިނދު އިވޭ އަޑެކޭ ބުނެވޭ ބަހުގެ މުރާދަކީ އުފާވެރި މުނާސަބަތު ތަކުގެ ނަމުގަ ކިޔޭ ލަވަތަކާއި ކުޅެވޭ މިއުޒިކާއި ނެށުމުގެ ވާހަކައެވެ. އެހެނެއްކަމަކު އުފާވެރިކަމެއް ދިމާވާހިނދު ޝުކުރު ދަންނަވަން ޖެހޭނީ އެއްކައުވަންތަ ﷲ އަށެވެ. ލަވަޔާ މިއުޒިކަކުން ނޫނެވެ. 

))في هذه الأمة خسف ومسخ وقذف، قالرجل من المسلمينيا رسول الله، ومتى ذلك؟ قالإذا ظهرت القينات والمعازف وشربتالخمر((رواهالترمذيوصححهالألباني 

މާނައީ: "މިއުންމަތުގެ ތެރެއިން ބަޔަކު ޤަޛުފްކުރެވި، ސިފަބަދަލުވެ، ބިމަށް ގަންބަވައި ގަނެވޭނެއެވެ. އެހިނދު މުސްލިމުންގެތެރެއިން މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އެއީ ކޮން އިރަކުން ތޯއެވެ؟ އެހިނދު ޙަދީޘްފުޅުކުރެއްވިއެވެ. ރާބުއިމާއި މިޒިކުސާމާނާއި އަޅުން ޢާއްމު ވުމުންނެވެ." 

))ليشربن ناس من أمتي الخمر يسمونهابغير اسمها، وتضرب على رؤوسهم المعازف والمغنيات، يخسف الله بهم الأرض، ويجعل منهمالقردة والخنازير(((صححهالألبانيفي غايةالمرام)

މާނައީ: " ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެބައިމީހުން އޭގެ ނަން ނޫން އެހެން ނަމެއް އެއަށް ކިޔާނެއެވެ. އެބައިމީހުން  ތިބޭ ތަންތަނުގައި މިއުޒިކް ސާމާނުތަކުން މިޔުޒިކު ކުޅެ، ލަވަކިޔާ އަންހެނުންލަވަކިޔާނެއެވެ. ﷲ އެބައި މީހުން ބިމުގެ ޢަޑިއަށް ގަންބަވާނެތެވެ. އަދި އެބައި މީހުންގެތެރެއިން ރާމާމަކުނުތަކާއި އޫރުތައް ލައްވާނެއެވެ. "  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން