ޤަމަތް ދިނުމުގެ ކުރިން މިސްކިތަށް ދެވިއްޖެ ނަމަ ތަޙިއްޔަތުގެ ދެރަކްޢަތަށް ސަމާލުކަންދޭންޖެހޭ މިންވަރު—

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޤަމަތް ދިނުމުގެ ކުރިން މިސްކިތަށް ދެވިއްޖެ ނަމަ ތަޙިއްޔަތުގެ ދެރަކްޢަތަށް ސަމާލުކަންދޭންޖެހޭ މިންވަރު—

"ޤަމަތްދޭންކައިރިވެފައި ވަނިކޮށް މިސްކިތަށް އަރައި އިމާމުމީހާ އަތުވެއްޖައުމަށްދާންދެން ބައެއްމީހުން ހުއްޓިގެން ކޮޅަށް ތިބެއެވެ. އަދި ތަޙިއްޔަތުލް މަސްޖި އަދާކުރުން ދޫކޮށްލައެވެ."

މިޢަމަލުގެ ޙުކުމަކީ ކޮބާ؟" 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

[އެގޮތަށް ކޮޅަށް ތިބެންޖެހެނީ] ތަޙިއްޔަތުލް މަސްޖިދު ކުރުން ފާއިތުނުވާނެ ވަރުގެ ކުޑަ ހިނދުކޮޅެއްނަމަ އެއީ މައްސަލައެއްނޫނެވެ. 

ފަހެ އިމާމުމީހާ އަންނާނެ އިރެއް ނޭނގޭނަމަ، މޮޅުއިތުރުވެގެންވަނީ ތަޙިއްޔަތުލް މަސްޖިދު އަދާކުރުމެވެ. ދެން އެއަށްފަހު އިމާމުމީހާ އައިސް އަދި ޤަމަތްދީފިނަމަ ތިބާ ފުރަތަމަ ރަކުޢަތް އަދާކުރަން ހުރިނަމަ، ފަހެ ނަމާދު މެދުކަނޑާލާށެވެ. [އެބަހީ: ފަރުޟު ނަމާދުގެ ޞަފަށް ޙާޟިރުވާށެވެ.] 

އަދި ތިބާ ދެވަނަ ރަކުޢަތް އަދާކުރަން ހުރިނަމަ، ފަހެ ލުއިގޮތެއްގައި ނަމާދު ފުރިހަމަކުރާށެވެ. [އެބަހީ: މާ ދިގު ނުކޮށް ނަމާދު ފުރިހަމަކުރާށެވެ.] 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله 

فتاوى أركان الإسلام / ص: ٣۰٩/ طبعة: دار الثريا للنشر 

- މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން