ސުވަރުގެ ހޯދަން ދެމަފިރިން މަސައްކަތް ނުކުރަނީ ލޯބިނުވާތީ! ލޯބިވާނަމަ ސުވަރުގޭގައި ދާއިމަށް އެކުގައި ތިބެން މަސައްކަތްނުކުރަންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ސުވަރުގެ ހޯދަން ދެމަފިރިން މަސައްކަތް ނުކުރަނީ ލޯބިނުވާތީ! ލޯބިވާނަމަ ސުވަރުގޭގައި ދާއިމަށް އެކުގައި ތިބެން މަސައްކަތްނުކުރަންވީ ކީއްވެ؟

އަޅެ ނިކަން ބުނެބަލާށެވެ! މީހަކު ދެކެ ލޯބިވެ ކައިވެނިކުރަން ބޭނުންވީމާ އެކަން ވާނެ ކަމުގެ އުންމީދުގައި ދެއަތް އުރާލައިގެން ހަމަ އަޅައިވެސް ނުލައި ހުންނަނީ ހެއްޔެވެ؟ ނޫނީ އެކަމަށް އެދިގެން މަސައްކަތްތަކެއް ކުރަނީހެއްޔެވެ؟

އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި އެކަމަށް ނުކުރާ އެއްވެސް މަސައްކަތެއް ނުބާއްވާނެއެވެ. އެކަމަށް މަގުފަހިކުރަން ކުރެވެންހުރި ހުރިހާ ކަންކަން ކުރާނެއެވެ. އާމްދަނީ ހޯދުމަށްޓަކައި ގދައަޅައި މަސައްކަތްވެސް ކުރާނެއެވެ. އަދި އެހެންކަންކުރަން ވެސް ކުރެވުނުހައި މަސައްކަތްތަކެއް ކުރާނެއެވެ. 

އަދި އެވަރަކުންވެސް ނުފުދޭނެއެވެ. ކައިވެނީގެ ޙަފްލާ ވީހައި ފުރިހަމަކުރަން މަސައްކަތްކުރާނެއެވެ. އުޅޭނެ ތަނާއި ނިދާނެ ވީހައި އަރާމު ތަންމައްޗެއް ހޯދަނަވެސް ގަދައަޅައި މަސައްކަތްކުރާނެއެވެ. 

އަހުރެންގެ ސުވާލަކީ ތިބާގެ ދުނިޔަވީ ޙަޔާތް ކާމިޔާބުކޮށް ސުވަރުގެއިން ވީހައި އަރާމު ތަންމައްޗާއި ނިޢްމަތްތައް ހޯދަން ހަމަ މިމޭރުމުން މަސައްކަތްނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ސުވަރުގޭގެ ޙޫރަލްޢީނުން ބޭނުންނުވަނީ ހެއްޔެވެ؟ 

ޔަޤީންކަމަކީ ކިތަންމެ ލޯބިވާ މީހަކާއި ކައިވެނިކުރެވުނަސް ކިތަންމެ ލޯބިން އެކުގައި ދުނިޔޭގައި އުޅެވުނަސް އެއީ ވަޤުތީ ކަމެއް ކަމެވެ. އެހެނީ އެއްވެސް މީހަކު އަބަދަކު ދުނިޔެއަކު ނުހުންނާނެއެވެ. މަރުވާނެއެވެ. ދެމީހުން ވަކިވާނެއެވެ. އަދި ކީއްހެއްޔެވެ؟ ސުވަރުގެއިން ދެމީހުން ބައްދަލުވާން އެދޭނަމަވެސް އޮތީ ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކުރުން ނޫންހެއްޔެވެ؟ 

ކަންކަން އޮތް މަގަކީ މިއީ ކަމަށްވާއިރު އަހުރެންގެ ސުވާލަކީ ކުރިން ބުނި ފަދައިން ތިމާ ލޯބިވާ ލޯބިވެރިޔާ ހޯދަން ނުކުރާ މަސައްކަތެއް ނުބާއްވާއިރު ސުވަރުގެ ހޯދަން މަސައްކަތްކުރުމުގައި އިހްމާލްވަނީ ސުވަރުގޭގެ ޙޫރަލްޢީނުން ބޭނުންނުވެފައި (ދުނިޔޭގައި އެހައި ލޯބިވީ) ދެމީހުން ސުވަރުގެއިން ބައްދަލުކުރަން ބޭނުންނުވާތީ ހެއްޔެވެ؟ ސުވަރުގޭގެ ޙަޔާތަކީ ނިމުމެއް ނެތް ޙަޔާތަކަށްވާއިރު ދެލޯބިވެރިން އެކުގައި ދާއިމަށް ތިބެން ބޭނުންނުވާތީ ހެއްޔެވެ؟ 

މިއީ ހަމަ ކޮންމެ މީހަކުވެސް މިއަދު، ދުނިޔޭގައި އިތުރަށް ވިސްނާލަން ޖެހިފައިވާ ކަމެއް ކަމަށް ދެކެމެވެ. އަހުރެންނަށް ވިސްނޭ ގޮތުން ސުވަރުގެ ހޯދަން މަސައްކަތް ނުކުރަނީ ދެމީހުން ލޯބިނުވާތީއެވެ. ލޯބިވާނަމަ ސުވަރުގޭގައި ދާއިމަށް އެކުގައި ތިބެން މަސައްކަތްނުކުރަންވީ ސަބަބެއް ނެތުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން