ބާއްޖަވެރިކަން ލިބިގެންވާ ކާމިޔާބު މީހަކަށްވުމަށް ކުރެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ބާއްޖަވެރިކަން ލިބިގެންވާ ކާމިޔާބު މީހަކަށްވުމަށް ކުރެވިދާނެ ބައެއް ކަންކަން-

ކޮންމެ މީހަކީވެސް ކާމިޔާބު މީހަކަށް ވާން ބޭނުންވާނެ މީހެކެވެ. އެމީހަކު ކުރަން މަސައްކަތްކުރާ ކަންކަމާއި ކުރާ މަސައްކަތްތައް ކާމިޔާބުވަމުން ދިއުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން ލިބިގެންދާ ކަންކަމެވެ. އެހެންކަމުން ޙަޤީޤީ ކާމިޔާބީ އާއި ކާމިޔާބު ލިބިގަންނަން ކަންކަން ކުރަންވީ ގޮތް ދެނެގަންނަން އެބަޖެހެއެވެ.

ތިރީގައި އެވަނީ ބާއްޖަވެރިކަން ލިބިގެންވާ ކާމިޔާބު މީހަކަށްވުމަށް ކުރެވިދާނެ ބައެއް ކަންކަން ބަޔާން ކުރައްވައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

ކާމިޔާބަކީ ޒަމާނާއި ތަނުގައި ލިބެންހުރި ވަސީލަތްތަކުގައި ހިފައިގެން ބާއްޖަވެރިކަން ޙާޞިލު ކުރުމައްޓަކައި އިންސާނާކުރާ މަސައްކަތެވެ. އެއީ ޙަޔާތުގެ ކަންތައްތަކަށް އާދަވުމެވެ. ދިމާވާ މުޞީބާތްތަކާއި ކެރިގެން ކުރިމަތި ލުމެވެ. ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމެވެ.

މިހެން ކަމުން ކާމިޔާބަކީ ކޮންމެވެސް އާދަތަކެކެވެ. އެއީ ވަރަށް ވަރުގަދަ މަތިވެރި އާދަތަކެކެވެ. އެ އާދަ ތަކުގައި ހިފައިގެން ކާމިޔާބު ވެވިދާނެއެވެ. އަދި އޭގައި ހިފައި ކުރިއަރައިދިއުމަށް ކެއްތެރިކަމާއި ހިތްމަތާޢި ޢަޒުމުވެސް ބޭނުންވާނެއެވެ.

މިއާދަތަކަކީ އީމާންކަމާއި ގުޅިފައިވާ އާދަތަކެކެވެ. އަޚްލާޤާއި ގުޅިފައިވާ އާދަތަކެކެވެ. އަދި ނަފްސާނީ އަދި އިޖްތިމާޢީ ޙާލަތާއި ގުޅިފައިވާ އާދަތަކެކެވެ.

ޙަޤީޤީ ކާމިޔާބާއި ބާއްޖަވެރިކަމަކީ އާޚިރަތުގެ ކާމިޔާބާއި ބާއްޖަވެރިކަމެވެ. މިފަދަ ކާމިޔާބު ޝަޚްޞިއްޔަތަކަށްވުމަށް މަސައްކަތް ކުރެވިދާނެއެވެ. ބައެއް އިންސާނުންނަކީ އުފެދުމުގައި ޤުދްރަތީގޮތުން ވަރަށް ގިނަ ރަނަގަޅު، ކާމިޔާބު ސިފަތަކެއް ދެއްވާފައިވާ ބައެކެވެ. އަނެއްބައި މީހުންނަކީ މަސައްކަތުން އެފަދަ ސިފަތައް ޙާޞިލު ކުރާ މީހުންނެވެ. މިގޮތުން ބާއްޖެވެރިކަން ޙަޞިލްކުރުމަށް ބޭނުންވާ މީހާކަށް ކުރެވިދާނެ ބައެއް ކަންތައްތައް ދަންނަވާލާނަމެވެ،

- ބާއްޖެވެރިކަމައި ކާމިޔާބުގެ ތަޅުދަނޑިއަކީ ﷲ އަށް އީމާން ވުމެވެ.

- ބަހާއި ޢަމަލުން މީސްތަކުންނަށް އިޙްސާންތެރިވުން .

- އަބަދުވެސް ރަނަގަޅު ކަންތަކުގައި މަޝްޣޫލުވެ އުޅުން.

- ފާއިތުވެދިއަ ދުވަސްތަކާއި މެދު ހިތާމަ ނުކުރުމާއި ، ކުރިއަށް އޮތްތާގައި ދެރަގޮތެއް ވެދާނެކަމަށް ނުވިސްނުން.

- ﷲ މަތިން ގިނަގިނަ އިން ހަނދުމަކުރުން

- ޚިޔާލުތަކާއި ވަސްވާސްތަކުން ޢަޒުމަށް ބަލިކަށިކަން ނުގެނައުން.

- މުހިންމު ކަންތަކާއި އެންމެ މުހިންމު ކަންތައް ތަފާތުކުރުން .

މިއީ ބާއްޖަވެރިކަން ޙާޞިލު ކުރުމައްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ކަމުގައި ދަންނަބޭކަލުން ވިދާޅުވެއެވެ. ބާއްޖެވެރިކަމަށްވުރެން ވަކި، ބޮޑު ނިޢުމަތެއްވޭހެއްޔެވެ؟ و الله أعلم

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން