ޝެއާކޮށްލައިގެންވެސް ޘަވާބު ހޯއްދަވާ! ގޭގެ އެއްވެސް މީހަކަށް ފަތިސްނަމާދަށް ނުހޭލެވޭނަމަ އެގެއަކުން ޝައިޠޯނާ ފައްސައި ނެރެލަން އަވަސްވެގަންނަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޝެއާކޮށްލައިގެންވެސް ޘަވާބު ހޯއްދަވާ! ގޭގެ އެއްވެސް މީހަކަށް ފަތިސްނަމާދަށް ނުހޭލެވޭނަމަ އެގެއަކުން ޝައިޠޯނާ ފައްސައި ނެރެލަން އަވަސްވެގަންނަން ޖެހޭނެ!

އަހަރެމެންނަކީ އިންސާނުންކަމުގައިވީތީ ފަހަރެއްގައި ރެއަކު މީހަކަށް ފަތިސް ނަމާދަށް މީހަކަށް ނުހޭލެވިވެސް ހިނގައިދާނެއެވެ. ނަމަވެސް ގިނަ ބައަކު ދިރިއުޅޭ ގެއެއްގައި އެއްވެސް މީހަކަށް ފަތިސްނަމާދަށް ނުހޭލެވޭނަމަ ޝައިޠޯނާ އެވަނީ އެގެއަކަށްވެރިވެގަނެ އެގެއެއް ހިޞޯރުކޮށްފައެވެ.

ޢާންމު ގޮތެއްގައި އެފަދަ ގެތަކަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކޮންމެވެސް ކަމެއް ކުރެވެމުންދާ ގެތަކެވެ. އަދި އެގޭގެ އަހުލުވެރިންނަކީ ﷲ ތަޢާލާއަށް ބިރުވެތިވުމުގައި ފަރުވާކުޑަކޮށްލާފައިވާ ބައެކެވެ. މިއީ ވަރަށް ދެރަ ކަމެކެވެ.

ފަތިސް ނަމާދަށް ހޭލުމަކީ އިޚްތިޔާރީކަމެއް ނޫނެވެ. އެއީ 100 އިންސައްތަ މަޖުބޫރު ކަމެކެވެ. ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ވީމާ ފަތިސް ނަމާދަށް ގޭގެ އެންމެން ހޭލެއްވުމަކީ ފަތިސް ނަމާދުވަގުތު ޖެހުމުން ފުރަތަމަ ހޭލެވޭ މީހާ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެހެނީ ފަތިސްނަމާދުނުކޮށް ނިދަންތިބުމަކީ ބޮޑު ފާފައެކެވެ. އެފާފައިން ގޭގެ އެހެން މީހުން ސަލާމތްކުރަން މަސައްކަތްކުރުމަކީ އެކަމުގެ ޘަވާބުވެސް އެމީހަކަށް ދެއްވަވާނެ ކަމެކެވެ.

މިކަމަށްވެސް ވިސްނާށެވެ! ފަތިސްނަމާދަށް ފުރަތަމަ ހޭލެވުނު މީހާ އެހެން މީހުން ހޭލެއްވުމަކީ ﷲ ތަޢާލާ އެކަމުގެ އުޖޫރަ ދެއްވަވާ ކަމެކެވެ. އެބަހީ ތިމާ ހޭލައި އެހެން މީހުން ހޭލެއްވުމުން އެމީހުން ތެދުވެ ކުރާއަޅުކަމުގެ ޘަވާބުން އެމީހުންނަށް އެއްވެސް މިނަވަރެއް އުނިކުރެއްވެވުމެއް ނެތި ތިބާއަށް ވެސް އެމީހުންކުރި އަޅުކަމުން ޘަވާބު ދެއްވަވާނެކަމެވެ. އެކަންކުރަން މަގުފަހިކުރުވީތީއެވެ. ވީއިރު މިއީ ނުކޮށްދޫކޮށްލަން ހެޔޮވާވަރުގެ ކަމެއ ހެއްޔެވެ؟

މުސްލިމުން އެންމެ ބޮޑަށް މިއަދު ނިކަމެތިވަމުން މިދާ އެންމެ ބޮޑު ސަބަބަކީ ފަތިސްނަމާދަށް ފަރުވާކުޑަކުރެވޭ މީހުން ގިނަވުމެވެ. ވީމާ ފަތިސްނަމާދުކުރާ މީހުންގެ އަދަދު ގިނކުރަން ހަމަ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު މަސައްކަތެއްކުރަން މިއަދު މިވަނީ ޖެހިފައެވެ.

މިނަޞޭޙަތް ފަތުރާށެވެ! މީސްތަކުންގެ ހޭލުންތެރިކަން އިތުރުކުރުވަން މަސައްކަތްކުރާށެވެ! ފަތިސްނަމާދުކުރާ މީހުންގެ އަދަދުގިނަކުރެވޭތޯ ކޮންމެ މީހަކުވެސް މަސައްކަތްކުރާށެވެ! މިބުނި ފަދައިން އަމަލުކުރާ މީހުން އިތުރުކުރަން މަސައްކަތްކުރާށެވެ! އެކަމުގެ ޘަވާބު އެކަންކުރި މީހަކަށް ދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން