ލައިލަތުލްޤަދްރިވިލޭރޭ ބޮޑުބޭބެ ގަދަކަމުން މިސްކިތަށް ގެންދިއައިމަވެސް ދަމުނަމާދުނުކޮށް އިނދެ ނަމާދުކުރި މީހުން ކުރި ދުޢާއަށް އާމީންކީ ޒުވާނަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ލައިލަތުލްޤަދްރިވިލޭރޭ ބޮޑުބޭބެ ގަދަކަމުން މިސްކިތަށް ގެންދިއައިމަވެސް ދަމުނަމާދުނުކޮށް އިނދެ ނަމާދުކުރި މީހުން ކުރި ދުޢާއަށް އާމީންކީ ޒުވާނަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

ފުރަތަމަ ކަމަކަށް އަހުރެންނަށް އެނގިފައިވާ މިވާހަކަކޮޅު އަޑުއަހައިލާށެވެ! 

"އަހަރެންނަކީ އިސްލާމެކެވެ. ނަމަވެސް ދީނުގެ އެއްވެސް ކަމަކަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެމެވެ. އެރޭވެސް އުޅުނީ ރައްޓެހިންނާއިއެކު ޕާޓީއެއް ބާއްވައިގެން ލަވަޖަހައި މަޖާކުރާށެވެ. 

އެކަމުގެ ތެރޭގައި އުޅެނިކޮށް ބޮޑުބޭބެ އައިސް މަޖުބޫރުކޮށްގެން އަހުރެން މިސްކިތަށް ގެންދިއައެވެ. އެރެއަކީ ލައިލަތުލްޤަދްރިވިލޭރޭކަން އެނގުނީވެސް މިސްކިތަށް ދިއަ ފަހުންނެވެ. އެވަރުންވެސް ނަމާދެއް ނުކުރަމެވެ. ފަހަތުގައި އިށީނދެލައިގެން އިނީއެވެ. އެހެން އިންދާ ދަމުނަމާދު ނިމިގެން ދުޢާކިޔަން ފެށުމުން އެހެން މީހުންނާއިއެކު އާމީންކީމެވެ. 

އަދި ﷲ އަށް ވަރަށް ގިނަ ވާހަކަތައްވެސް ދެންނެވީމެވެ. ކޮންމެއަކަސް އެރެއަށްފަހު ދިރިއުޅުމަށް އެކިއެކި ބަދަލުތައް އަންނަން ފެށިއެވެ. އެފުށް މިފުށަށް ކަންކަން ބަދަލުވަމުން އައިސް މިއަދު އަހުރެންނަކީ އިސްލާމް ދީނަށް ޢަމަލުކޮށް އަދި ދީން މަތިވެރިކުރަން މަސައްކަތްކުރާ މީހަކީމެވެ." 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ ހިދާޔަތު ދައްކަވާނީ ކޮން ގޮތަކަށް އުޅޭ ކާކަށް ކަމެއް ނުއެނގޭނެއެވެ. އަހުރެންނަށް އެނގިފައި އޮތް ގޮތުން އެޒުވާނަކީ މިޔުޒިކްގެ ދުނިޔެއަށް ޣަރަޤުވެގެން އުޅުނު ޒުވާނެކެވެ. ނަމަވެސް ކަންކަން މެދުވެރިވި ގޮތް ނިކަން ދެކިބަލާށެވެ!

ދަރިންނާއި ހެޔޮއެދޭ މީހުން "ދަމާފައިވެސް" މިސްކިތަށް ގެންދަންވީ މިފަދަ ރަޙްމަތެއް ލެއްވެވުން އެދިގެންނެވެ. "އޭނާއަކީ މިވެނި ޢަމަލެއްކުރާ މާނުބައި، ދުވަހަކުވެސް ނުދިންނަވާނެ މީހެއް ކަމަށް ބަލައި އަތްދޫކޮށްނުލާށެވެ! އޭނާގެ އެބޮޑުބޭބެ ފަދަ މީހަކަށްވާށެވެ! 

މިސްކިތު ފެންޑާގައި ނުވަތަ ގައުފޮޅުމަތީގައި ވާހަކަދައްކަން އިންނަން ނަމަވެސް މިސްކިތަށް ގެންދުވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! އޭނާއަށްޓަކައި ހެޔޮދުޢާކުރާށެވެ! އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ އޭނާގެ ސަބަބުން އެޒުވާނާއަށް އެއައި ބަދަލުގެ ސަބަބުން އެކަމަށް ޙައްޤު ޖަޒާ އެބޮޑުބޭބެއަށް ދެއްވަވާނެކަމެވެ. އެއީ ކިހައި ބޮޑު ފުނިވަރެއްކަމެއް، ކިތައްފަރުބަދައިގެ އުސްމިނުގައި ކަމެއް އެނގެނީ ކިހިނަކުންހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން