ދެމަފިރިންގެ މެދުގަ ފިތުނަ އުފައްދަން ޝައިޠޯނާ ޖަހާ ދަންތުރައިން ފަސޭހަކަމާއިއެކު ސަލާމަތްވެވޭނެ މަގު-: ޝައިޚް އަލާ އަލްސަޢީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދެމަފިރިންގެ މެދުގަ ފިތުނަ އުފައްދަން ޝައިޠޯނާ ޖަހާ ދަންތުރައިން ފަސޭހަކަމާއިއެކު ސަލާމަތްވެވޭނެ މަގު-: ޝައިޚް އަލާ އަލްސަޢީދު

އަދިވެސް ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. ގެއަށް ވަންނަތަނުން ބައިވެރިޔާގެ ކޮންމެވެސް ކުށެއް ވިސްނައިދީގެން ރުޅިގަދަކުރުވަން ޝައިޠޯނާ މަސައްކަތްކުރާނެއެވެ. އެވަޤުތު ނަމާދުގައި ޝައިޠޯނާ ފައްސާލަން ޢަމަލުކުރާ ފަދައިން ޢަމަލުކުރާށެވެ. އަވަހަށް އަޢޫޛް ކިޔާށެވެ! ވައަތްފަރާތަށް ހިކިކޮށް 3 ފަހަރު ކުޅު ބުރުއްސައިލާށެވެ. އޭތި ބިރުން ފިލާނެއެވެ. ދެން ގޮސް ވަރަށް ލޯބިން ބައިވެރިޔާ އާއި މުޚާޠަބްކުރާށެވެ!  

އެތަން ބަލަން އޭތި ހުންނާނެއެވެ. ޖަހަން އުޅުނު ދަންތުރަ ކާމިޔާބުނުވެ ބެދުނީ ޝައިޠޯނާކަން ވިސްނޭނެއެވެ. އިސާހިތަކު ބައިވެރިޔާގެ ކުށް ދެއްކުން ޝައިޠޯނާ ހުއްޓައިލާނެއެވެ. ދެމަފިރިންނަށް އެކަމުގެ އުފާވެރިކަން ލިބޭނެއެވެ. 

އަހަރެމެންނަށް ހޯދޭނެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ދެމަފިރިންގެ މެދުގައި ލޯބިވަރުގަދަކުރުމެވެ. ގުޅުން ވަރުގަދަކުރުމެވެ. އެއިގެ އަނެއްކޮޅަށް ބަލައިފިނަމަ ލިބޭނެ އެންމެ ބޮޑު އެއް ދެރައަކީ ދެމަފިރިންގެ މަދުގައި މައްސަލަތައް ޖެހި ލޯބިކެނޑިގެންދިއުމެވެ. ދެމަފިރިންގެ ގުޅުން ކެނޑިގެން ދިއުމެވެ. ބޮޑު އިބިލީސް އެންމެ އުފާކުރާކަމަކީ ދެމަފިރިން ވަކިވުން ކަމުގައި ވެފައި އެއޮތީ މިސަބަބަށްޓަކައެވެ.  

އަހުރެން ދެކޭ ގޮތުގައި ދެމަފިރިން އުފަލުގައި އެކުގައި ދިރިއުޅެން މަސައްކަތްކުރުމަކީ ދެމަފިރިންގެ މައްޗަށްވެސް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ. އެހެނީ އެކަން ހިމެނިގެންވަނީ ސުވަރުގެ ހޯދަން ކުރާ އަޅުކަމުގެ ތެރެއިންނެވެ. އަދި އެއީ ސުވަރުގެ ލިބުމަށް މަގުފަހިވެގެންވެސްދާ ކަމެކެވެ.  

- ޝައިޚް އަލާ އަލްސަޢީދުގެ ދަރުސަކުން

މިއަދު އޮންލައިން