ބިންހެލުމުގަ ޙާލުގަ ޖެހިފައިތިބި މީހުންނަށް އެހީތެރިވެދެއްވާ! މާދަމާ ތިބާއަށް އެފަދަ ޙާލެއް ނުޖެހޭނެ ކަމަށް އޮތީ ކޮން ޔަޤީންކަމެއް؟: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ބިންހެލުމުގަ ޙާލުގަ ޖެހިފައިތިބި މީހުންނަށް އެހީތެރިވެދެއްވާ! މާދަމާ ތިބާއަށް އެފަދަ ޙާލެއް ނުޖެހޭނެ ކަމަށް އޮތީ ކޮން ޔަޤީންކަމެއް؟: ޑރ. ޔާސިރު ޤާޟީ

ސީރިޔާއާއި ތުރުކީގެ ބޯޑަރަށް އައިސްގެން އުޅޭ ވަރުގަދަ ބިންހެލުމާއި ގުޅިގެން ބައެއް މީހުން އެބަ ސުވާލުއުފައްދައެވެ. "ދަތިޙާލުގައި މިހާރުވެސް ތިބި ބައަކަށް މިހައި ބޮޑު ތަކްލީފެއް ޖެއްސެވީ ކީއްވެގެން ހެއްޔެވެ؟" 

އެމީހުން އެސުވާލު އެކުރަނީ ކާކާއި ހެއްޔެވެ؟ ހަމަ ޤައިމުވެސް ﷲ ތަޢާލާ އާއި އެއްވެސް ސުވާލެއް ކުރުމުގެ އެއްވެސް ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ދުނިޔޭގައި މީސްތަކުން އުޅެމުންދާ ޙާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

އަހަރެމެން ޤަބޫލުކުރިޔަސް ނުކުރިޔަސް ބޭއިންޞާފަކުން އެއްވެސް ކަމެއް ﷲ ތަޢާލާ އެއްވެސް ކަމެއް ނުކުރައްވަވާނެއެވެ. އަދި ބައެއް ކަންކަން ކުރިމަތިކުރައްވަވަނީ އެބައަކު ކުށްވެރިވެގެނެއްވެސް ނޫނެވެ. އެހެން މީހުންނަށް ޢިބްރަތަކަށްޓަކައިވެސް ކަންކަން ކުރިމަތިކުރައްވަވަތެވެ. އެފަދަ ކަމެއްގައި މީހަކަށް ގެއްލުމެއް ލިބުނަސް އަދި މަރުވިނަމަވެސް އެމީހަކަށް ޙައްޤުވެގެންވާ ޖަޒާ ދެއްވަވާނެތެވެ. އެމީހަކަށް ޙައްޤުވާ ރަޙްމަތް ﷲ ތަޢާލާ މިންވަރު ކުރައްވަވާނެތެވެ. 

ދުނިޔެ ނިމެން ގާތްވަމުން އަންނައިރު ބިންހެލުންތައް ގިނަވާނެ ކަމާއި ބޮޑެތި ބިންހެލުންތައްވެސް އަންނާނެކަން އަހަރެމެންނަށް އެނގެން އެބައޮތެވެ. މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކޮންމެވެސް ސަރަޙައްދަކަށް ބިންހެލުމެއް ނުއަންނަ ދުވަހެއް އެބަދޭ ހެއްޔެވެ؟ ދޭތެރެދޭތެރެއިން ބޮޑެތި ބިންހެލުނަތައް ކުރިމަތިކުރައްވަވާ ނޫން ހެއްޔެވެ؟ 

ހަމަ އެއާއިއެކު ކޮންމެ މުޞީބާތެއް ކުރިމަތިވުމުންވެސް ޙާޞިލްކުރަންޖެހޭ ޢިބްރަތްތަކެއްވެއެވެ. އެގޮތުން އެންމެ މުހިންމު އެއްކަމަކީ އަހަރެމެންގެ ހިތްތައް މަޑުމޮޅިކުރުވުމެވެ. މިޘާލަކަށް މިހާރު އައިސްގެން މިއުޅޭ ވަރުގަދަ ބިންހެލުމާއި ގުޅިގެންވެސް މަސައްކަތްކުރަންވީ ހިތްތައް މަޑުމޮޅިކޮށް ޙާލުގައި ޖެހިފައިވާ މީހުންނަށް ރަޙޫމްކޮށް އެހީތެރިވުމަށެވެ. ހިތުގައިވާ ތަކައްބުރުކަން ފިލުވައިލުމަށެވެ. 

ވިސްނައިލާށެވެ! ޙާލުގައި ޖެހިފައި އެތިބަ މީހުންނަށް ކުރިމަތިވެފައިވާ ފަދަ ޙާލަތެއް ތިމާއަށް މާދަމާ ކުރިމަތިނުވާނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ވީމާ އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަށްކުން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދޭށެވެ. ތިމާއަށް އެފަދަ ޙާލެއްގައި ޖެހިއްޖެނަމަ އެހީތެރިކަމަށް އެދެވޭނެ މިންވަރު ހިތަށް ގެންނާށެވެ!

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން