"އެގެއެއްގައި ސޫރަތައް ބަހައްޓައި އަދި ލަވަޖަހައި މިޔުޒިކްގެ އަޑުއިއްވާނަމަ އެގެއަކަށް ޖިންނި ޝައިޠޯނުންގެ ފައުޖުތައް ޖަމާވާނެއެވެ. އެހެނީ އެއަޑުތަކަކީ އިބިލީހުގެ އަޑުތަކެވެ. އެއަޑުތައް އަހަން އިންސާނުން ޝައުޤުވެރިވާ ފަދައިން ޖިންނި ޝައިޠޯނުންވެސް އެއަޑުތައް އަހަން ޝައުޤުވެރިވާތީއެވެ."
"ޖިންނި ޝައިޠޯނުންގެ ކިބައިން ގެދޮރު ސަލާމަތްކުރަން ބޭނުންވާނަމަ ނުކުންނަމުންނާއި ވަންނަމުން ޛިކުރުތައް ކިޔާށެވެ. ގެއަށް ވަންނަން ދޮރުހުޅިވާއިރުގައާއި ގެއަށް ވަންނައިރު ބިސްމިﷲ ކިޔާށެވެ! އަދި ތަނަތުފައި އިސްކޮށްގެން ގެއަށް ވަންނާށެވެ. އަދި ކާންފަށަމުން ވެސް ބިސްމިﷲ ކިޔާށެވެ!"
-ޢިލްމްވެރިންގެ ބަސްފުޅުތަކުން