ހުރިހާ ދަތިކަމަކާ މުޞީބާތްތަކުން އަރައިގަނެވޭނެ ޔަޤީންމަގު ﷲ ގެ ވަޙީބަސްފުޅުން މިއޮތީ އެނގެން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހުރިހާ ދަތިކަމަކާ މުޞީބާތްތަކުން އަރައިގަނެވޭނެ ޔަޤީންމަގު ﷲ ގެ ވަޙީބަސްފުޅުން މިއޮތީ އެނގެން!: މުފްތީ މެންކް

މީސްތަކުންނޭވެ! ކޮންމެ ދަތިކަމަކުން އަރައިގަނެވެން އޮތީ ﷲ ތަޢާލާ އެކަމެއް ހިންމަވައިދެއްވެވުމުންނެވެ. ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ލިބިގެންނެވެ. މިކިޔައިދިނީ ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ލިބެން އޮތް އެންމެ ޔަޤީންމަގެވެ. ﷲ ތައާލާގެ ވަޙީ ބަސްފުޅުގައިވަނީ މުސްލިމަކު އޭނާގެ އަޚާއަށް އެހީތެރިވަމުންގެންދާހައި ހިނދަކު އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ދެމިހުންނަވާނެ ކަމަށެވެ.

މިހެން ބުނުމުން ތިމާ މިއުޅެނީ މާލީ ގޮތުން ވަރަށް ދަތިޙާލުގައިކަމަށްވާއިރު އެހެން މީހަކަށް އެހީތެރިވެދޭނީ ކިހިނަކުންތޯ ސުވާލުއުފެދިދާނެއެވެ. މީސްތަކުންނޭވެ! އެހީތެރިކަމަކީ ހަމައެކަނި ފައިސާއިން ފޯރުކޮށްދެވޭ ކަމެއް ނޫނެވެ. މީހަކަށް ކިތަންމެ ކުޑަ މަސައްކަތެއް ކޮށްލައި ދިނުމަކީވެސް އެހީތެރިވުމެވެ. ހިނިތުންވުމާއި އަނެކާއަށްޓަކައި ހެޔޮ ދުޢާކުރުމަކީވެސް ހަމަ އެހީތެރިވެދިނުމެވެ.

މީސްތަކުންނޭވެ! އެހެން މީހުންނަށް އެހީތެރިވުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެކެވެ. ތަނަވަސްކަމުގައި ހުރެވެސްމެއެވެ. އުފަލާއި ހިތްހަމަޖެހުން ލިބިގެން ހުންނައިރުވެސްމެއެވެ. މުޞީބާތުގެ ވަގުތުތަކުގައި އޮތީ އެހީތެރިކަން އިތުރުކޮށް ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ އެހީތެރިވަންތަކަން ލިބިގެންދާނެކަން ޔަޤިންވެގެންދަނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުންނެވެ.

އުފާވެރިކަމަށާއި ތަނަވަސްކަމަށް އެދޭމީހާ އަމިއްލަ އެދުން ބޮޑުކަމާއި ދަހިވެތިކަން ދޫކޮށްލާށެވެ. ޔަޓީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވުން ގިނަކުރާށެވެ! ދޭނެ އެއްޗެއް އަތުގައި ނެތްނަމަ އެމީހުންގެ ގައިގައި ފިރުމާލައި ހެޔޮކޮށްހިތާށެވެ! އެއިރުން ﷲ ތަޢާލާގެ ރަޙްމަތްފުޅު ދާނީ އެމީހަކަށް ލިބެމުންނެވެ. އިން ޝާ ﷲ

އެންމެހައި މީސްތަކުންނޭވެ! ޒަވާޖީ ޙަޔާތުގައި މައްސަލަތައް ކުރިމަތިވިނަމަވެސް، ވަޒީފާ ގެއްލުނު ނަމަވެސް ލިބޭ އާމްދަނީން ނުފުދި ދަތި ޙާލުގައި ދިރިއުޅެން ޖެހުނު ނަމަވެސް އެންމެ ފުރަތަމަވެސް ވިސްނައިލަންވީ ކަމަކީ ތިމާގެ އަކާއަށް ތިމާއަށް ހެޔޮކަމެއް ކޮށްދެވޭތޯއެވެ. ޙާލުގައިވާ އެއްވެސް މީހަކަށް އެހީތެރިވެދެވޭތޯއެވެ. އެކަމުގައި އިސްނަގްނަވާނީ އެންމެ ގާތުންނެވެ. އަޚުންނާއި އުޚުތުންނާއި ހަމައިންނެވެ. ރަޙިމުގެ ގުޅުމާއި ހަމައިންނެވެ. އެއަށްފަހު މުސްލިމް އެންމެހައި އަޚުންނާއި އުޚުތުންނާއި ހަމައިންނެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން