ދާވޫދުގެފާނު- 5 : ފަރުބަދަތަކާއި ދޫނިސޫފާސޫފި އެކަލޭގެފާނުގެ ތަސްބީޙައިގައި ބައިވެރިވި

ކިޔުމަށް ހޭދަވާނީ 4މ 14ސ
ދާވޫދުގެފާނު- 5 : ފަރުބަދަތަކާއި ދޫނިސޫފާސޫފި އެކަލޭގެފާނުގެ ތަސްބީޙައިގައި ބައިވެރިވި

ޢަލީ އިޙްޞާން ފިރާޤް

 

ފަރުބަދަތަކާއި ދޫނިސޫފާސޫފި ދާއުދުގެފާނުގެ ތަސްބީޙައިގައި ބައިވެރިވުން: 

داود عليه السّلام  ގެ ގިނަ ވަގުތު ޚާއްޞަކުރައްވައިފައިވަނީ  اللّـه سبحانه وتعالى  އަށް އަޅުކަންކުރެއްވުމަށެވެ. ތަސްބީޙައާއި ތަޙްލީލު ވިދާޅުވުމަށެވެ. އެކަލޭގެފާނު ތަސްބީޙަ ވިދާޅުވާއިރު ފަރުބަދަތަކާއި ދޫނި ސޫފާސޫފިވެސް އެކަލޭގެފާނާ ބައިވެރިވެއެވެ. އެތަކެތި އެކަލޭގެފާނާއެކު ޒަބޫރު ކިޔަވައި މާތް އަށް ތަސްބީޙަ ކިޔައެވެ.  

ކީރިތި ޤުރްއާނުގެ އަންބިޔާއު ސޫރަތުގެ 79 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

فَفَهَّمْنَاهَا سُلَيْمَانَ ۚ وَكُلًّا آتَيْنَا حُكْمًا وَعِلْمًا ۚوَسَخَّرْنَا مَعَ دَاوُودَ الْجِبَالَ يُسَبِّحْنَ وَالطَّيْرَ ۚ وَكُنَّا فَاعِلِينَ ﴿٧٩

މާނައީ: [ފަހެ، ތިމަންރަސްކަލާނގެ سليمان ގެފާނަށް އެ حكم ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ حكمة އާއި، علم ދެއްވީމެވެ. އަދި داود ގެފާނާއެކުގައި، تسبيح ކިޔާ ތަކެތިކަމުގައި، ފަރުބަދަތަކާއި، ދޫނިތައްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ (އެ ހުރިހާ ކަމެއް) ކުރެއްވީމެވެ.] 

މިދެންނެވި ވާހަކަ ސަބާ ސޫރަތުގެ 10 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވާފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

وَلَقَدْ آتَيْنَا دَاوُودَ مِنَّا فَضْلًا ۖ يَا جِبَالُ أَوِّبِي مَعَهُ وَالطَّيْرَ ۖ وَأَلَنَّا لَهُ الْحَدِيدَ ﴿١٠

މާނައީ: [އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނަށް ތިމަންރަސްކަލާނގެ حضرة ން فضل ވަންތަކަން (އެބަހީ: ނަބީކަމާއި ފޮތް) ދެއްވީމެވެ. (އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ.) އޭ ފަރުބަދަތަކާއެވެ! އެކަލޭގެފާނާއެކު ތިޔަ ފަރުބަދަތައް تسبيح ކިޔާށެވެ! އަދި ދޫނިސޫފާސޫތްޕާ އެކުގައެވެ. އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ދަގަނޑު، މަޑުއެއްޗަކަށް ހެއްދެވީމެވެ.] 

عبد اللّـه بن عبّاس رضى اللّـه عنه އާއި މުޖާހިދު ވިދާޅުވެފައިވެއެވެ. [اللّـه سبحانه وتعالى ، داود عليه السّلام އަށް ނުހަނު ރީތި އަޑުފުޅެއްދެއްވިއެވެ. އެކަލޭގެފާނު މާތް ގެ ކަލާމްފުޅު ޒަބޫރު ކިޔަވާ ވިދާޅުވާ ކޮންމެ ފަހަރަކު މަތިން  އުދުހިފައިދާ ދޫނި ސޫފާސޫފިވެސް ހުއްޓި އެކަލޭގެފާނާ ބައިވެރިވެއެވެ. އެތަކެތީގެ ފިޔަގަނޑުތައް ހުޅުވާލައިގެ މަތީގައި އުދުހިއުދުހިފައި ތަސްބީޙަ ކިޔައެވެ. ހަމައެހެންމެ ހިލަފަރުބަދަތައްވެސް އެކަލޭގެފާނާއެކު ހެނދުނާއި ހަވީރު ތަސްބީޙަކިޔައެވެ.] 

عبدالله بن عامر ވިދާޅުވެފައިވާކަމަށް الأوزاعي ވިދާޅުވެފައިވެއެވެ. [މާތްسبحانه وتعالى ، داود عليه السّلام އަށް  ދެއްވައިފައިވަނީ އެއްވެސް މީހަކަށް ދެއްވައިފައިނުވާ ފަދަ ރީތި އަޑުފުޅެކެވެ. އެހެންކަމުން އެކަލޭގެފާނު ޒަބޫރު ކިޔަވާ ވިދާޅުވާއިރު ދޫނިސޫފާސޫތްޕާއި ވަލުޖަނަވާރުވެސް ބައިވެރިވެއެވެ.]

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 304} 

- ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން