ކުރީގެ މުސްކުޅިން ބުނޭ މާބަނޑު ދުވަސްވަރު ކޭތަހިފާވަގުތުތަކުގަ ތޫނުއެއްޗެހި (ވަޅި،ކަތުރު) ފަދައެއްޗެހި ބޭނުންކޮށް ބުރަމަސައްކަތްކޮށް އުޅުމުން ލިބޭކުއްޖާ އައިބުވެއެވެ. މިފަދަ ހާދިސާތައް އެބައިމީހުންނަށް ދިމާވެފަވެސް އެބަހުރިކަމަށްވޭ... މީކިހާވަރެއްގެ ހަގީގަތެއްވާ ވާހަކަތަކެއްތޯ؟
الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد:
ކުރީ ޒަމާނު މީހުން ބުނާ، ކޭތަ ހިފާވަގުތު ފާޚާނާއަށް ވަނުމާއި، ތޫނު ވަޅިން އެއްޗިހި ކޮށުމާ، ކޭތަބެލުމަށް ބޭރަށް ނިކުތުމާ، ބަސްނާހާކުދިން ގަސްދޮށަށްނެރެ މަގޫފަތުން ތެޅުމާ އަދި މޭވާ ނާޅާ ގަސްތަކުގައި ތެޅުމާއި މިޢީ އެއްވެސް ޙަގީގަތެއް އެކުލެވިގެން ވާ ވާހަކަތަކެއް ނޫނެވެ. އަދި އެފަދަ ގޮތް ގޮތަށް ޤަބޫލުކުރާކަށް ނުވެސްވާނެއެވެ. ސަބަބަކީ އެއްވެސް އަސްލަކަށް ބިނާވެގެންވާ ކަމަކަށް ނުވާތީއެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް