ދަސްކުރުން މުހިންމު ފިލާވަޅެއް!: މުޞީބާތެއް ކުރިމަތިކުރެއްވެވުމުން ޢިބްރަތް ޙާޞިލުކުރަން އެނގޭ މީހުންނާ ނުއެނގޭ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދަސްކުރުން މުހިންމު ފިލާވަޅެއް!: މުޞީބާތެއް ކުރިމަތިކުރެއްވެވުމުން ޢިބްރަތް ޙާޞިލުކުރަން އެނގޭ މީހުންނާ ނުއެނގޭ މީހުން-

ތިމާއަށް މުޞީބާތެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ހިތް މަޑުމޮޅިކޮށް ނިކަމެތިވެ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދޭށެވެ. އެހެނަސް އެކަން ކުރިމަތިވީ ތިބާ ކުރި ފާފަތަކުގެ ސަބަބުން އެކަނި ކަމަށްވެސް ނިންމައިގެންނުވާނެއެވެ. 

މިޘާލަކަށް މީހަކު އެކްސިޑެންޓެއްވެ ފައި ބިނދުނީއެވެ. އެއީ އެމީހާ ކޮށްފައިވާ ފާފަތަކުގެ ސަބަބުން ކަމަށް ބުނެގެން ނުވާނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ސަބަބަކީ މީހާގެ ފާފަތައް ފުއްސަވައިދެއްވެވުމަށްވެސް ތަދާއި މުޞިބާތްތައް ކުރިމަތި ކުރައްވަވަތެވެ. 

އެހެނަސް އެމީހަކަށް އޮތް އެންމެ ރަނގަޅު ގޮތަކީ ތައުބާވެ ފާފަފަތައް ފުއްސަވައިދެއްވެވުން އެދި ދެންނެވުމާއިއެކު ކެތްތެރިވުމެވެ. އެކަމުގެ ސަބަބުން އެމީހަކަށް ރަޙަމްތްތައް އިތުރުކުރައްވަވާނެތީއެވެ. އިން ޝާ ﷲ

މިކަމުގެ ހެކިތައްވެސް ފެނެއެވެ. ނުބައި ޢަމަލުތައް ކުރެވޭ ބައެއް މީހުންނަށް މުޞީބާތްތައް ކުރިމަތި ކުރެއްވެވުމުން ތައުބާވެ ޢަމަލުތައް އިޞްލާޙްކުރަމުން ގެންދާތަން ފެނޭ ނޫންހެއްޔެވެ؟ ކުރިމަތިވި ކުރެވެވި ޙާލަތުން ޢިބްރަތް ޙާޞިލުކުރާ މީހުންނަކީ އެއީއެވެ. 

އަނެއްބައަކު އެވަޤުތު ދެރަވެގެން އުޅެލާފައި އެކަމަކުން އަރައިގަނެވުމާއިއެކު އެކަން ހަނދާންނައްތާލާފައި ކުރިންވެސް އުޅެމުން އައި ގޮތަށް އުޅެން ފަށައެވެ. ނުބައި ޢަމަލުތައް ކުރަންފެށެއެވެ. އެކަމުން އެނގެނީ އޭނާގެ ހިތަށް ބިރުވެރިކަން ނުވަންކަމެވެ. ޢިބްރަތް ޙާޞިލުނުކުރެވުނު ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން