ބެލުންތައް ތިރިކޮށް އަޢުރަގުނަވަން ރައްކާތެރިކުރަންވީ ފުރަތަމަ އެމީހެކެވެ!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ބެލުންތައް ތިރިކޮށް އަޢުރަގުނަވަން ރައްކާތެރިކުރަންވީ ފުރަތަމަ އެމީހެކެވެ!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

އަހަރެމެންނަށް އަބަދުވެސް އިވޭ އަޑެކެވެ. "ބެލުންތައް ތިރިކުރާށެވެ! އަޢުރަގުނަވަން ރައްކައުތެރިކުރާށެވެ!" އަޑަކީ ވަރަށް ހެޔޮ ނަޞޭޙަތެކެވެ. ﷲ ތަޢާލާގެ އަމުރުފުޅެކެވެ. 

މިއީ ހަމައެކަނި އެހެން މީހުންގެ ގާތުގައި ބުނަން އޮތް ވާހަކައެއް ނޫނެވެ. ކޮންމެ މީހަކުވެސް ޢަމަލުކުރަންޖެހޭ ކަންކަމެވެ. އަދި މީސްތަކުންގެ ގާތުގައި ބުނަންވީ ފުރަތަމަ ތިމާ އެކަންކަމަށް ޢަމަލުކުރުމަށްފަހުގައެވެ.

ކިތަންމެ ރަނގަޅު، ފައިދާހުރި ހެޔޮ ނަޞޭޙަތެއް ދިންނަމަވެސް އެމީހަކު އެކަންކަމަށް ޢަމަލުނުކުރާނަމަ އެއީ މައްސަލައެކެވެ. އެމީހަކު ފާފަކުރަމުން އެހެން މީހުންނަށް ކިތަންމެ ގިނަ ނެޞޭޙަތެއް ދިންނަމަވެސް އެއީ ތިމާ ނަރަކައިން ސަލާށމަތްވެވެން އޮތް ގޮތެއް ނޫނެވެ. 

މީސްތަކުންނަށް ހެޔޮ ނަޞޭޙަތްދެމުން ފާފަކުރާ މީހާ ނަރަކައިގައި ގޮހޮރު ބޭރަށް ނެރެގެން އުޑިއެއްހެން އެނބުރޭނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. މީސްތަކުންނަށް ހެޔޮ ނަބޭޙަތް ދެމުން ހިނގިމީހަކަށް އެޙާލުގައި ޖެހުނު ސަބަބާއިމެދު ސުވާލުކުރުމުން އޭނާ ދޭނެ ޖަވާބުވެސް އެނގެން އެބައޮތެވެ. އެޖަވާބަކީ "އަހުރެން މީސްތަކުންނަށް ހެޔޮ ކަންކަމަށް އަމުރުކުރުކޮށްފައި އަހުރެން ޢަމަލުނުކުރީތީ" ކަމަށް ބުނާނެކަން ވެސް އޮތީ އެނގޭށެވެ. 

މީސްތަކުންނޭވެ! ޛިކުރުކުރަން އެހެން މީހުންގެ ގާތުގައި ބުނަމުއެވެ. އެކަމަކު ބުނާ މީހާއަށް ނަމާދު ނިމުމުން 2 މިނިޓް މިސްކިތުގައި ނުވަތަ މުސައްލަމަތީގައި މަޑުކޮށެއް ނުލެވެއެވެ. އެއިރުން މިވީ ކިހިނަކުންހެއްޔެވެ؟ 

އެހެން ނުހަދާށެވެ! ފުރަތަމަ ތިމާ ޢަމަލުކުރާށެވެ! ދެން އެހެން މީހުންނަށް ނަޞޭޙަތްދޭށެވެ. ފައިދާކުރާނީ އެއިރުންނެވެ. 

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން