ތިބާ ނަރަކައަށް ނުވައްދަވާތޯ ނަރަކަ އަމިއްލައަށް ﷲ އަށް ދުޢާކުރާ މީހަކަށްވުން އެދި މިފަދަ ދުޢާތައް ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ތިބާ ނަރަކައަށް ނުވައްދަވާތޯ ނަރަކަ އަމިއްލައަށް ﷲ އަށް ދުޢާކުރާ މީހަކަށްވުން އެދި މިފަދަ ދުޢާތައް ކުރާށެވެ!

ތިބާ ޙާޞިލުކުރަން ބޭނުންކަންކަން ޙާޞިލުކުރަން ޝައުޤުވެރިވާ މިންވަރު އެއީ އެކަމެއް ޙާޞިލުކުރަން މަގުފަހިވާ ފުރަތަމަ ސަބަބެވެ. އެކަމެއް ޙާޞިލުކުރަން މަސައްކަތްކުރުން އަވަސްވެގަތުމަކީ ވެސް އެކަމެއް ޙާޞިލުކުރެވޭ ސަބަބެކެވެ. 

އެކަމުގެ މިސާލަކަށް އަންނަވި ހަދީޘްފުޅު ފުދެއެވެ. 

އުކާޝާ އިންނެވި ޞަހާބީންގެ މަޖީލީހެއްގައި ރަސޫލް އެއްވެސް ހިސާބެއް ކިތާބެއް ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާނެ ބައެއްގެ ވާހަކަ ޙަދީޘްފުޅު ކުރެއްވެވި ހިނދު އެމީހުންގެ ތެރޭގައި އެކަލޭގެފާނު ހިމަނުއްވަވައިދެއްވެވި ދުޢާކޮށްދެއްވެވުމަށް ރަސޫލް ގެ އަރއަހުން އެދިވަޑައިގެންނެވިއެވެ. އެހިނދު ރަސޫލް އުކާޝާއަށް ވިދާޅުވީ އޭނާއަކީ އެއިގެތެރެއިން ހިމެނިގެންވާ ބޭކަލެއް ކަމަށެވެ. އެހެން ބޭކަލަކު އެކަމަށް އެދިވަޑައިގަތުމުން ރަސޫލް ޙަދީޘްފުޅުކުރެއްވެވީ އުކާޝާ ފުރުޞަތުގެ ބޭނުން ހިއްޕަވައިފިކަމަށެވެ. 

މި ޙަދީޘްފުޅުން އެނގިގެންދަނީ ހެޔޮކަންކަމަށް އެދުމަށް އަވަސްވެގަންނަން ޖެހޭ މިންވަރެވެ! އެކަން ކުރެވޭނީ ހިތުގައި އެވަރަށް ޝައުޤުވެރިކަން އޮވެގެންނެވެ. އުކާޝާ (ރޢ) އަށް އެކަމަށް އެދިވަޑައިގަތުމަށް އެހައި ބޮޑަށް އަވަސްވެވަޑައިގެންނެވުނީ ހިތްޕުޅުގައި ސުވަރުގެ ޙާޞިލުކުރެއްވެވުމަށް އޮތް ޝައުޤުވެރިކަން ބޮޑުކަމުންނެވެ. 

މީސްތަކުންނޭވެ! ކަންކަން ޙާޞިލުކުރަން ބޭނުންމީހާ އެކަމަށް އެދި ދެންނެވުން ގިނަ ކުރުމަކީ ވެސް އެކަމެއް ޙާޞިލުކުރަން މަގުފަހިވެގެންދާ ސަބަބެކެވެ. ނިކަން ދެކިބަލާށެވެ! 

Anas Bin Malik narrated that the Prophet Muhammad said:

“Whoever seeks refuge from the Fire three times, the Fire says: ‘O Allah, save him from the Fire.”

މިޙަދީޘްފުޅުން އެނގިގެންދަނީ އެމީހަކު ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި 3 ފަހަރު ދުޢާކުރުމުން އެމީހަކު ނަރަކައަށް ނުވައްދަވާތޯ، ނަރަކަ ﷲ އަށް ދުޢާކުރާނެ ކަމެވެ. މަސައްކަތްކުރަންވީ އެމީހަކަށްޓަކައި އެފަދައިން ނަރަކަ ދުޢާކުރާނެ މީހަކު ކަމުގައިވުމަށެވެ. 

މިފަދަ ޙަދީޘްފުޅުތަކުގެ ފައިދާކުރާނީ ދުޢާކުރާ މީހާގެ ޢަމަލުތައްވެސް ސީދާކޮށްގެންނެވެ. ޢަމަލުނުކޮށްހުރެ ދުޢާކުރުމެއް ނެތެވެ. ވީމާ ފުރަތަމަ ކަމަކަށް ބަލަންވީ ތިމާގެ އަމަލުތައް ސީދާކުރުމަށެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުރުމަށެވެ.   

ޢަމަލުތައް ސީދާކޮށްގެން ހުރެ ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވައިދެއްވެވުން އެދި ޙަދީޘްފުޅުތަކުގައިވާ މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ! 

اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ 

O Allah, I ask You for Paradise and seek Your protection from the Fire. 

Abu Dawud. See also Al-Albani, Sahih Ibn Majah 2/328  

ދުޢާގައި އެކުލެވިގެންވާ މާނައީ: "ޔާ ﷲ! މިއަޅާއަށް ސުވަރުގެ ދެއްވެވުން އެދި އިނބަ ﷲ ގެ ޙަޟްރަތުގައި މިއަޅާ ދަންނަވަމެވެ. އަދި ނަރަކައިގެ އަލިފާނުން ސަލާމަތްކުރައްވަވައިދެއްވެވުން އެދިވެސް ދަންނަވަމެވެ."

(ޙަދީޘް ރިވާކުރެއްވެވީ އަބޫ ދާވޫދު، އަލް-އަލްބާނީ އިބްން މާޖާ)

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން