ރަވާތިބު ސުއްނަތްތަކުގެ ނިޔަތްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރަވާތިބު ސުއްނަތްތަކުގެ ނިޔަތްތައް-

ނަމާދުގެ ރަވާތިބު ސުއްނަތްތަކުގެ ނިޔަތް ބުނެދެއްވަފާނަންތޯއެވެ؟ 

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

ނިޔަތަކީ ނަމާދު ޞައްޙަވުމަށް ކޮންމެހެން ބޭނުންވާ ޝަރުޠެކެވެ. އެޔާއި ނުލާ ނަމާދު ޞައްޙަ ނުވާނެ ކަމެކެވެ. ޝަރްޢުގައި ނިޔަތުގެ މާނަ އަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އަޅުކަމެއް ކުރުމަށް ޢަޒުމް ކަނޑަ އެޅުމެވެ. މިކަމުގައި ދެކަމެއް ހިމެނިގެންވެއެވެ. އެއީ: 

1.      ޢަމަލުގެ ނިޔަތް: އެއީ އެއް އަޅުކަން އަނެއް އަޅުކަމާ ތަފާތު ކުރުން، އެގޮތުން ނަމާދުގައި ހުންނަ އިރުގައި ކުރެވޭ ޙަރަކާތްތަކަކީ އެއީ ނަމާދު ކުރުމުގެ ގޮތުން ކުރެވޭ ޙަރަކާތް ތަކެއް ކަމަށް ކަނޑަ އެޅުން، އަދި ފަރުޟު ނަމާދާއި ސުންނަތް ނަމާދު ނިޔަތުން ތަފާތު ކުރުން.(ފަރުޟު ނަމާދެއް ކަމެއް ސުންނަތް ނަމާދެއް ކަމެއް ކަނޑަ އަޅާނީ އޭނާގެ ނިޔަތެވެ). 

2.      ނިޔަތްގަނެވުނު ކަންތައް: އޭގެ މާނައަކީ އަޅުކަން ކުރުމުގައި މާތް ﷲ އަށް އިޚްލާޞްތެރިކަމާއި އެކު ކުރުން، އަދި އަޅުކަމުގައި މާތް ﷲ އާއި އެކު އެހެންފަރާތެއް ބައިވެރި ނުކުރުން.  

ނިޔަތުގެ މަޙައްލަކީ ހިތެވެ. އަޅުކަމެއް ކުރުމަށް ގަޞްދު ކުރާ ހިސާބުން އެއޮތީ އެކަމަކަށް ނިޔަތްގަނެވިފަ އެވެ. އެހެންކަމުން ދުލުން ނިޔަތް ކިޔާކަށް ނުޖެހެއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ފަރާތްޕުޅުން އަދި މާތް ޞަޙާބީންގެ ފަރާތްޕުޅުންވެސް ދުލުން ނިޔަތް ކިޔުން ވާރިދުވެފައެއް ނެތެވެ. والله أعلم 

- ޑރ. މުޙއްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން