"ބައިވެރިޔާގެ ކިބައިން މިއެދެނީ ވަރަށް މަދުކަމަކަށެވެ. އެންމެ 3 ކަމަކަށެވެ! އެއީ:
1 އަހަރެންގެ އުނިސިފަތައް އިޞްލާޙްކުރަން އެހީތެރިވެދިނުމާ 2 ތިބާގެ ކުށްވެސް ޤަބޫލުކުރުމެވެ.
3 އަހަރެންގެ ހިތުގަ ޖައްސައި ރޮއްވުމުން ކަރުނަ އެފައިބަނީ ތިބާގެ އަމިއްލަ ލޮލުންކަމަށް ޤަބޫލުކުރުމެވެ!
މިއިން އެއްވެސް ކަމެއް ކުރާކަށް އެއްވެސް ޚަރަދެއްކުރާކަށް، އަދި ވަޤުތުތަކެއް ހޭދަކުރާކަށްވެސް ނުޖެހޭނެއެވެ. މިހައި ފަސޭހައިން ކޮށްލައިދެވެން އޮތް މި 3 ކަންތައް ކޮށްލައިފިނަމަ އަހަރެން އަބަދުވެސް ހުންނާނީ ތިބާއާއިއެކުގައެވެ!"