ޒުވާން ޢުމުރުކަމަށްބަލައި ބްލަޑްޕްރެޝަރ ނުބެލުމަކީ ނުރައްކާތެރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޒުވާން ޢުމުރުކަމަށްބަލައި ބްލަޑްޕްރެޝަރ ނުބެލުމަކީ ނުރައްކާތެރިކަމެއް!

ބައެއް މީހުން ލޭމައްޗަށް ދިއުމާއިމެދު ވިސްނަންފަށަނީވެސް ޢުމުރުން ދުވަސްވުމުންނެވެ. ޒުވާންއިރުގައި ޤަބޫލުކުރެވިފައި އޮންނަނީ އެޢުމުރުގައި ލޭމައްޗަށް ނުދާނެ ކަމަށެވެ. އެހެނެއް ކަމަކު ތަފާތު ސަބަބުތައް ކުރިމަތިވުމުން ޒުވާން ޢުމުރުގައިވެސް ލޭމައްޗަށް ދެއެވެ. އެކަމުގެ މައްސަލަތައްވެސް ކުރިމަތިވެއެވެ. 

ބީޕީ ނުބަލައި ގިނަ ދުވަސްތަކަކު ހުއްޓައި ސްޓްރޯކެއް ޖެހުން ފަދަ ކަމެއް މެދުވެގެން ބަލީގެ ހިސްޓްރީބަލާއިރު ގިނަ ފަހަރު އޮންނަނީ ލޭމައްޗަށްދާތާ އަހަރުތަކެއް ފާއިތުވެފައެވެ. އަދި އެކަމުގެ ސަބަބުން ހިތަށާއި ކިޑްނީއަށާއި ނާރުތަކަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ. ސަބަބަކީ ލޭމައްޗަށް ދިއުމުގެ ސަބަބުން ގުނަވަންތަކަށް މަސައްކަތްކުރަންޖެހޭ މިންވަރު އިތުރުވެ އަދި ނާރުތަކަށް ބާރުބޮޑުވުމެވެ. 

މިމައްސަލަތަކަކީ ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ ފަރުވާކުރަން ފަސޭހަ ކަންކަމެވެ. ބީޕީ ބެލުމަކީ މިހާރު ވަރަށް ފަސޭހައިން އަމިއްލައަށްވެސް ކުރެވެން އޮތް ކަމެކެވެ. މީޓަރުގެ އަގުވެސް ބޮޑެއް ނޫނެވެ. ވީމާ ކޮންމެގެއެއްގައިވެސް ބީޕީ ބެލޭނެ އިންތިޒާމެއް އަމިއްލައަށް ހަމަޖައްސައި މަދުވެގެން މަހަކު އެއްފަހަރު ގޭގެ އެންމެންގެ ބީޕީ ބަލައިލުމަކީ ވަރަށް ބުއްދިވެރިކަމެކެވެ. 

- ޑރ. ޒާއޯ  

މިއަދު އޮންލައިން