އަންހެނުން ނުބައިމަގުތަކުން ދިއުމުގަ ހައްދުފަހަނައަޅައި ގޮސްފި ކަމުގެ ވާހަކަ ދެއްކެން ފިރިހެނުންނަށް ނެތްކަމާ ޖެހޭނީ ލަދުވެތިވާންކަން ސުންނަތުން-: ޝައިޚް މުހައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އަންހެނުން ނުބައިމަގުތަކުން ދިއުމުގަ ހައްދުފަހަނައަޅައި ގޮސްފި ކަމުގެ ވާހަކަ ދެއްކެން ފިރިހެނުންނަށް ނެތްކަމާ ޖެހޭނީ ލަދުވެތިވާންކަން ސުންނަތުން-: ޝައިޚް މުހައްމަދު ހޮބްލޮސް

އަހަރެމެން މިއަދު އަބަދުހެން މިދައްކަނީ އަންހެނުންގެ ޢަމަލުތައް ވަރަށް ނުބައިވެއްޖެކަމުގެ ވާހަކަތަކެވެ. އަންހެނުން ކަންކަމުގައި ހައްދުފަހަނައަޅައި ހިނގައްޖެކަމުގެ ވާހަކަތަކެވެ. ފޭރާން ލުމުގައާއި ހިލޭ ފިރިހެނުންނާއި ގައިގޯޅިވެ އުޅުމުގައި ހައްދުފަހަނައަޅައި ހިނގައްޖެކަމުގެ ވާހަކަތަކެވެ.

ސުވާލަކީ މިވަނީ ކިހިނެއް ހެއްޔެވެ؟ ސަބަބަކީ ކޮބައިހެއްޔެވެ؟ ފޭލްވީ އަނހެނުންހެއްޔެވެ؟ ފިރިހެނުންހެއްޔެވެ؟ އެހެންވެ ރަސޫލް ގެ ސުންނަތުން ޙާދިޘާއެއްގެ ވާހަކަ ކިޔައިދޭނަމެވެ. 

އެއް ދުވަހަކު ރަސޫލް   އެކަލޭގެފާނުގެ ދެއަނބިކަނބަލުންނާއިއެކު އިންނަވަނިކޮށް މީހަކު އައިސް ދޮރުކޮޅުގައި ޓަކިޖެހިއެވެ. ދޮރުކޮޅު ހުޅުއްވަވަން ވަޑައިގަތީ ރަސޫލް އެވެ. 

ބޭރުގައި ހުންނެވީ އިތުރު އެކަލޭގެފާނުގެ މުއައްޛިން ޢަބްދުﷲ އެވެ. އެއީ ލޯފަން ބޭކަލެކެވެ. އެކަމަކުވެސް 2 އަނބިކަނބަލުންނަށް އެންގެވީ ނިވާނެ ވަޑައިގަތުމަށެވެ. އެހިނދު އެއީ ލޯފަން ބޭކަލަކަށްވާއިރުވެސް ނިވާވެޑައިގަންނަވަން ޖެހިވަޑައިގަންނަވަނީ ކީއްވެގެންތޯ ސުވާލު ދެންނެވުނު ޙަދީޘްފުޅު ކުރެއްވެވީ އޭނާގެ ލޮލަށް ނުފެނުނު ނަމަވެސް ތިއަ 2 ބޭކަނބަލުންގެ ލޯފުޅަށް ފެނިވަޑައިގަންނަވާ ކަމަށެވެ. 

ވިސްނައިލާށެވެ! 1 ދޮރުކޮޅު ހުޅުއްވަވަން ފޮނުއްވެވީ އަނބިކަނބަލަކު ނޫނެވެ. ވަޑައިގަތީ އަމިއްލަފުޅަށެވެ. 2 އެއީ ރަސޫލް ގެ ޠޯހިރު އަނބިއަނބިކަނބަލުންނެވެ. ހިތްޕުޅު އެހައިމެ ޠޯހިރެވެ. ފާފައެއް ނުކުރައްވަވާނެއެވެ. އެހެންކަމާއިއެކުގައިވެސް އެ އެންގެވީ ނިވާވެ ވަޑައިގަތުމަށެވެ. 

މިއަދު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ގެއަށް މެހްމާނުން އައުމުންނާއި ބާބަކިޔުތަކާއި ޕާޓީތަކުގައި ޢަމަލުމިކުރެވެނީ ކިހިނަކުންހެއްޔެވެ؟ އެކަނބަލުންގެ ޙައްޤުތައް ޙިމާޔަތްކުރަމު ހެއްޔެވެ؟ އެއްވެސް ވަރަކަށް ޙިމާޔަތް ކުރެވޭ ހެއްޔެވެ؟ އަހަރެމެންގެ އަނބިންނަކީ ރަސޫލް ގެ އަނބިއަނބިކަނބަލުންނަށްވުރެ މާހިތް ޠޯހިރުވެގެންވާ ބައަކީ ހެއްޔެވެ؟ 

މިއީ ފަހުޒަމާނުގެ ކަންކަން ކަމަސް ހަދައި ނިންމައެއް ނުލެވޭނެއެވެ. މިއީ ފިރިހެނުން އެމީހުންގެ މަސްއޫލިއްޔަތު އަދާނުކުރުމުން ނުކުންނަމުން އަންނަ މަސްއޫލިއްޔަތުތަކެވެ. އަންހެނުން ނުވަތަ އަނބިން ގޯސްވަމުން އަންނަ ކަމުގެ ވާހަކަތައް ދެއްކޭނީ ފިރިހެނުން އެމީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމަށްފަހުގައެވެ.  

އަދިވެސް ކުޑަކުޑަ ހާދިސާއެއް ފާހަގަކޮށްލާނަމެވެ. އަހަރެން ބައިވެރިވި ޙަފްލާއެއްގައި ފިރިމީހާގެ ގާތުގައި ހުރެފައި އައިސް އަނބިމީހާ އަހުރެންނާއި ސަލާމްކުރަން އަތްދިއްކުރިއެވެ. އެވަޤުތު ބުނާނެ އެއްވެސް އެއްޗެއް ނުވެސް ވިސްނުނެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ 

- ޝައިޚް މުހައްމަދު ހޮބްލޮސްގެ ދަރުސަކުން

 

 

މިއަދު އޮންލައިން