ޑްރަގް ޑީލަރުންނާ ހަށިވިއްކާ އަންހެނުން މިހާބޮޑުތަނުން ގިނަވަނީ ކީއްވެ؟: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ޑްރަގް ޑީލަރުންނާ ހަށިވިއްކާ އަންހެނުން މިހާބޮޑުތަނުން ގިނަވަނީ ކީއްވެ؟: ޝައިޚް މުޙައްމަދު ހޮބްލޮސް

ވަރަށް މަދު މުޖުތަމަޢުއެއްގައި ނޫނީ މިއަދު އޮތް އެންމެ ބޮޑު މައްސަލައަކީ ޑްރަގް ޑީލަރުން ގިނަވުމާއި ހަށިވިއްކާ އަނހެނުން ގިނަވުން ކަމަށް ޤަބޫލުކުރަން ޖެހެއެވެ. މިކަން މިގޮތަށް މެދުވެރިވާ ވަރަށް ގިން ސަބަބުތައް އެބަހުއްޓެވެ. އެހެނަސް މިދަރުސްގައި މިބަލައިލަނީ އަހުރެންނަށް ވިސްނޭ އެންމެ ބޮޑު ސަބަބަށެވެ. 

އެސަބަބަކީ މަސައްކަތެއް ނުކޮށް ލުއިފަސޭހަމަގުން ގިނަ ފައިސާ ބޭނުންވުމެވެ. މިޝާލަކަށް ގެއެއްގައި 5 ފިރިހެންދަރިން އެބަ ތިއްބެވެ. ދޮށްޓަށްތިބި 4 ފިރިހެންކުދިން އުޅެނީ ވަޒީފާގައެވެ. އެންމެ ހަގު ދަރިފުޅު ކުރަނީ ޑްރަގުގެ ވިޔަފާރިއެވެ. ގިނަފަހަރު ދޮށީ 4 ބެއިން ކުރާ މަސައްކަތަށް ލިބޭ މުސާރައަށްވުރެ ހަގުދަރިފުޅު އޭނާ ބޭނުންއިރަކު ނުކުމެ ކުޑަ ވަޤުތުކޮޅެއްގައި ހޯދާ އާމްދަނީ މާގިނަވާނެއެވެ. 

ހަށިވިއްކާ އަންހެނުންނަށް ބެލިނަމަވެސް ހޯދާ އާމްދަނީގެ ކަންކަން އޮތީ ހަމަ މިފަދަ ގޮތަކަށެވެ. ރީތިއިރު، ޒުވާން ޢުމުރުގައި އެންމެ މީހަކާއިއެކު ޒިނޭކޮށްލުމުންވެސް ބައިވަރު ފައިސާތަކެއް ލިބިދާނެއެވެ. އަގުވެއްޓި، ކަސްޓަމަރުން ނުލިބި ގޮތްގޮތްވާން ފަށާނީ ޢުމުރުން ދުވަސްވެލުމުންނެވެ. ދުވަސްވާރަކަށް އެ މައްސަލަ ބޮޑުވާނެއެވެ. އެއީ ގިނަ މީހުން ޒިނޭކުރަން ބޭނުންވާނީ ޒުވާންކުދިންނާއިއެކު ކަމުގައިވާތީއެވެ. 

ކޮންމެއަކަސް މިކަން މިހެންމިވަނީ މަސައްކަތް ނުކޮށް ލުއިމަގުން ފަސޭހަހޯދަން ބޭނުންވާތީއެވެ. ޙަރާމް ޙަލާލަށް ބިރެއް ނެތުމުންނެވެ. ކޮންމެ ގޮތަކުން، ކޮންމެ ކަމެއްކޮށްގެން ނަމަވެސް ފައިސާ ލިބިއްޖެނަމަ ނިމުނީކަމަށް ބަލާތީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޙަރާމް ޙަލާލަށް ބިރެއް ނެތްނަމަ ފައިސާ ހޯދިދާނެއެވެ. ނަމަވެސް އެއީ ކުޑަދުވަސްކޮޅަކަށެވެ. ﷲ ތަޢާލާ އެމީހަކު ހިއްޕަވަންދެންނެވެ. މަރުވަންދެންނެވެ. ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކޮށްގެން ފައިސާ ހޯދައިގެން ދިރިއުޅޭ މީހުން މަރުވުމުން ދެންވާނެ ގޮތް ނުއެނގޭ މުސްލިމަކު ނުހުންނާނެއެވެ. އަހުރެން މިވާހަކަދައްކަނީ މުސްލިމުންނާއިއެވެ. ވވަޤުތު ނެތުމާއިއެކު މިދަރުސްގައި އެކަންކަމުގެ އިތުރު ތަފްޞީލަށް ނުގޮސް ކުރުކޮށްލާނަމެވެ. 

- މަޢުލޫމާތު: ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން 

 

 

 

މިއަދު އޮންލައިން