ކައިވެނީގެ ރަން ނުދީ އެކުގަ ރޭކުރެވިދާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކައިވެނީގެ ރަން ނުދީ އެކުގަ ރޭކުރެވިދާނެތޯ؟

ކައިވެނީގެ ރަންނުދީ ހުންނަތާ މިހާރު 3 އަހަރުވެއްޖެއެވެ. މިއީހުއްދަ ކަމެއްތޯ؟ ފިރިމީހާ ފާފަވެރިވާނެތޯ؟ 

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

ކައިވެނީގެ ރަންފަސްކޮށްފައި ދިނުމަކީ ހުއްދަކެމެކެވެ. ނަމަވެސް ކައިވެނި ކުރަންޖެހޭނީ ރަނެއް ކިޔާފައެވެ. ރަންނުދީ ރޭކުރުމަކީ ހުއްދަކަމެކެވެ. ރޭ ނުކޮށް ވަރިކޮށްފިނަމަ އަނބިމީހާއަށް ހައްޤުވާނީ ކީ ރަނުގެ ދެބައިކޮށްފައި އެއްބައެވެ. ރޭކުރިފަހުން ވަރިކުރިނަމަ ކީ ރަން އެއްކޮށެވެ. والله تعالى أعلم.

- ޑރ. އިޔާޟް ޢަބްދުއްލަޠީފް 

އިސްލާމް ދީނުގެ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުންވެސް އެނގެނީ ރަން ނުވަތަ ރަނުން ބައެއް އަދާކުރުން ފަސްކުރެވިދާނެކަމެވެ. ނަމަވެސް އެކަމަށް ދެމަފިރިންނާއި ދެފަރާތުގެ ޢާއިލާއިން އެއްބަސްވާންޖެހޭނެކަމެވެ. ލަސްކުރިނަމަވެސް ވަރިކުރުމުގެ ކުރިން އަދަޚުރަންޖެހޭނެ ކަމެވެ. 

ޞަޙާބީންގެ ކައިވެނިފުޅުތަކަށް ބަލައިފިނަމަ ވަރަށް މަދުން ނޫނީ ވަޤުތުން އަދާކުރެއްވެވިއެވެ. އަދި އަދާނުކުރެއްވެވިގެން ލަސްކުރަންޖެހިއްޖެނަމަ އެކަން ޢަދަދު ބަޔާންކޮށް ލިޔުއްވަވަތެވެ. 

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/131069/is-it-permissible-to-delay-some-or-all-of-the-mahr-at-the-time-of-the-marriage-contract

 

މިއަދު އޮންލައިން