އިމްތިޙާނަށް ތައްޔާރުވާންޖެހިފައިވާތީ ރަމަޟާން މަހުގެ ރޯދަ ނުހިފައި ދޫކޮށްލެވިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އިމްތިޙާނަށް ތައްޔާރުވާންޖެހިފައިވާތީ ރަމަޟާން މަހުގެ ރޯދަ ނުހިފައި ދޫކޮށްލެވިދާނެތަ؟

ސުވާލު: އަޅުގަނޑު ހަދަމުންދާ ކޯހުގެ އެންމެ ފަހު، އެންމެ މުހިންމު އިމްތިހާން އޮތީ ފިޠުރު ޢީދާއި ވިދިގެންނެވެ. އެހެންވެ ރަމަޟާން މަހު ރޮދަ ހިފައިފިނަމަ އިމްތިޙާނަށް ތައްޔާރުނުވެވިދާނެކަމުގެ ބިރުއެބައޮތުމުން ރޯދަ ނުހިފައި ދޫކޮށްލުން ހުއްދަވާނެތޯއެވެ؟ 

މިސުވާލުކުރެވުމުން ޝައިޚް ޢާޞިމް އަލްޙަކީމް ދެއްވި ޖަވާބަކީ " ﷲ ތަޢާލާ ފަރުޟު ކުރެއްވެވި ކަންކަންކޮށްގެން ސުވަރުގެވަނުމާއި އެކަންކަން ނުކޮށް ނަރަކައަށް ވަނުމުގެ އިޅްތިޔާރު ވަނީ ކޮންމެ މީހަކަށްވެސް ދެއްވަވައިފައެވެ. ވީމާ ރަމަޟާން މަހުގެ ރޯދަ ހިފުމާއި ނުހިފުމާއިމެދު ގޮތެއް ނިންމާނީ އެމީހެކެވެ." 

ވިސްނާލަންވި ކަމަކީ: ﷲ ތަޢާލާގެ އަމުރުފުޅަށް އިންކާރުކޮށް ރަމަމާންމަހުގެ ރޯދަ ނުހިފައި ހުރެގެން ކިތަންމެ ވަރަކަށް ތައްޔާރުވީނަމަވެސް ފާސްވާނީ އެކަމަށް ﷲ ތަޢާލާ އިރާދަކުރެއްވެވުމުންކަމެވެ. ރޯދަ ހިފުމުން ވަރުބަލިކަމެއް ލިބުނު ނަމަވެސް އެވަރުބަލިކަމާއިއެކުގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތްކޮށްފިނަމަ ލިބޭ ނަތީޖާ މާމަތިވުމަކީ ވުން ވަރަށް ގާތްކަމެކެވެ. 

ހަމައެއާއިއެކު އިމްތިޙާނަކަށް ތައްޔާރުވާން ބޭނުންވުމަކީ ރަމަޟާން މަހުގެ ރޯދަ ނުހިފައި ދޫކޮށްލުން ހުއްދަވެގެންވާ ސަބަބެއް ނޫނެވެ.  

މިފަދަ ވިސްނުން ދަރިންނަށް ނުއަންނާނެ ގޮތަށް ދަރިން ތަރުބިއްޔަތުކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން